މާލެ: 31°C

ހިޔާ ޓަވަރެއްގައި ރަހީނުކޮށްފައިހުރި މީހެއް ފުލުހުން ސަލާމަތްކޮށްފި

November 7, 2024
2 ފަހަރު ބަލާފައި
ހިޔާ ޓަވަރެއްގައި ރަހީނުކޮށްފައިހުރި މީހެއް ފުލުހުން ސަލާމަތްކޮށްފި
ހިޔާ ޓަވަރެއްގައި ރަހީނުކޮށްފައިހުރި މީހެއް ފުލުހުން ސަލާމަތްކޮށްފި

ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ހިޔާ ޓަވަރު 9 ގެ އެޕާޓްމަންޓެއްގައި ރަހީނުކޮސްފައި ހުރި މީހަކު ފުލުހުން ސަލާމަތްކޮށްފިއެވެ.

 ހިޔާ ފްލެޓުގެ ނުވަ ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނުކޮށްގެން އުޅެނިކޮށް ފުލުހުން ގޮސް އޭނާ ސަލާމަތްކޮށްފި އެވެ.

އަދަދު ނޫހުން ރިޕޯޓް ކޮށްފައިވާގޮތުގައި ފުލުހުންނަށް އެޕާޓްމަންޓަށް ދެވުނީ ރަހީނުކުރި މީހާގެ ބޯކޮށާލައި އިނގިލި ބުރިކޮށްލަން އުޅެނިކޮށްކަމަށާއި، އެ މައްސަލައާ ގުޅިގެން ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގައި މިހާތަނަށް 12 މީހުން ހައްޔަރުކޮށްފައިވާކަމަށެވެ.

އެކަމާ ގުޅިގެން ފުލުހުން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ