މާލެ: 31°C

ވީއައިއޭގައި އައު ފިއުލް ފާމަކާއި ފިއުލް ހައިޑްރެންޓް ނިޒާމެއް

November 7, 2024
2 ފަހަރު ބަލާފައި
ވީއައިއޭގައި އައު ފިއުލް ފާމަކާއި ފިއުލް ހައިޑްރެންޓް ނިޒާމެއް
ވީއައިއޭގައި އައު ފިއުލް ފާމަކާއި ފިއުލް ހައިޑްރެންޓް ނިޒާމެއް
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ފިއުލް ފާމާއި ފިއުލް ހައިޑްރަންޓް ނިޒާމުގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިފްތިތާޙުކޮށްދެއްވައިފިއެވެ. މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ޚާއްސަ ރަސްމިއްޔާތެއްވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފާއި، ސަރުކާރާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެއަރލައިންތަކުންވެސް ބައިވެރިވިއެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޝަރީފް މުޙައްމަދު ވިދާޅުވީ ކުރިން ބޭނުންކުރި ފިއުލް ފާމަކީ 13 މިލިއަން ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ފާމެއްކަމަށެވެ. ނަމަވެސް އަލަށް ތަރައްޤީކޮށް ބޭނުންކުރަން ފެށި ފިއުލް ފާމުގައި 45 މިލިއަން ލީޓަރުގެ ޖެޓް ފިއުލް ރައްކާކުރެވޭނެކަމަށެވެ. އަދި މީގެ އިތުރުން 1 މިލިއަން ލީޓަރުގެ ޑީސަލާއި، 100،000 ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވޭނެއެވެ. ޝަރީފް ވިދާޅުވީ ފިއުލް ހައިޑްރަންޓް ނެޓްވޯކާއެކު، ފްލައިޓްތަކަށް ތެޔޮ އެޅުމަށް ހޭދަވާ ވަގުތު ވަރަށް ބޮޑަށް ކުޑަކުރެވޭނެކަމަށެވެ. މިޚިދުމަތް ދިނުމަށް 8.4 ކިލޯމީޓަރުގެ ވިއުގައެއް ވަނީ އަޅާފައެވެ. މި ނިޒާމް ބޭނުންކޮށްގެން އެއްފަހަރާ 7 ބޯޓަށް ތެޔޮ އެޅުމުގެ ޚިދުމަތް ދެވޭނެކަމަށް އެމްއޭސީއެލްއިން ފާހަގަކުރައްވައެވެ. "60 ހާސް ލީޓަރުގެ 2 ބައުޒަރު ކުރިން ބޭނުންކުރީ. 1 ގަޑިއިރާ 30މިނެޓު ހޭދަވޭ ބޮޑު ބޯޓަކަށް ތެޔޮ އަޅަން. މި ސިސްޓަމާއެކު މިއިން 45 ވަރަކަށް މިނެޓު އެބަ ސަލާމަތްވޭ." އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވިއެ

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ