މާލެ: 31°C

މާފަންނު ބޮޑުގެ ބިމުގައި ތިންބުރި މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި

November 7, 2024
2 ފަހަރު ބަލާފައި
މާފަންނު ބޮޑުގެ ބިމުގައި ތިންބުރި މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
މާފަންނު ބޮޑުގެ ބިމުގައި ތިންބުރި މިސްކިތެއް އެޅުމަށް ބަޔަކާ ހަވާލުކޮށްފި
މާފަންނު ބޮޑުގެ ބިމުގައި 3 ފަންގިފިލާގެ ދާއިމީ މިސްކިތެއް ބިނާ ކުރުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ، އެ މިސްކިތް ބިނާކުރުމަށް އެކަމަށް ޝައުގުވެރިކަން ފާޅުކުރި ވިޔަފާރިވެރިންގެ ޓީމަކާއި ހަވާލުކޮށް، މިހާރު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. މި އެއްބަސްވުމުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، މި މިސްކިތުގައި ޤުރްއާން ކިޔަވައިދިނުމުގެ އިތުރުން ލައިބްރަރީގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށެވެ. މި މިސްކިތުގެ ބިންގާ ޑިސެމްބަރު މަހުގެ ތެރޭގައި އަޅައި ރޯދަ މަހުގެ ފަހުން މިސްކިތުގެ އަމަލީ މަސައްކަތް ފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ