މާލެ: 31°C

2028ގެ ރިޔާސީ އިންތިހާބަށް ޔާމީނު ތައްޔާރު؛ ހަމައެކަނި ހުރަހަކީ ކޯޓުގައި އޮތް މައްސަލަ

November 7, 2024
2 ފަހަރު ބަލާފައި
2028ގެ ރިޔާސީ އިންތިހާބަށް ޔާމީނު ތައްޔާރު؛ ހަމައެކަނި ހުރަހަކީ ކޯޓުގައި އޮތް މައްސަލަ
2028ގެ ރިޔާސީ އިންތިހާބަށް ޔާމީނު ތައްޔާރު؛ ހަމައެކަނި ހުރަހަކީ ކޯޓުގައި އޮތް މައްސަލަ

މި ފަސް އަހަރުގެ ތެރޭގައި ޖަލު ހުކުމެއްގައި ބަންދު ނުކޮށްފި ނަމަ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި، 2028 ގެ އިންތިހާބުގައި ވާދަ ކުރާނެތޯ ޕްރެޒެންޓަރު ސުވާލު ކުރުމުން ޔާމީން ވިދާޅުވީ "އަޅުގަނޑު ޖަލަށް ނުލާނެތޯ" އެވެ.

އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުގައި އަލުން ބަލަން އަމުރުކޮށްފަ އެވެ.

ނަމަވެސް ހައި ކޯޓުގެ ހުކުމުގައި އާ ހެކިތަކެއް ބަލައިނުގަނެވޭނެ ކަމަށް ނިންމާފައިވާތީ އެ ބައި ދައުލަތުން އޮތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ. އެ މައްސަލާގެ އަޑުއެހުން މި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ވަނީ ތާވަލްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ