މާލެ: 31°C

އިސްލާމިކް މިނިސްޓްރީގެ 22 އަންހެން މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި ސައުދީއަރަބިއްޔާ އަށް

November 7, 2024
2 ފަހަރު ބަލާފައި
އިސްލާމިކް މިނިސްޓްރީގެ 22 އަންހެން މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި ސައުދީއަރަބިއްޔާ އަށް
އިސްލާމިކް މިނިސްޓްރީގެ 22 އަންހެން މުވައްޒަފުން ތަޖުރިބާ ދަތުރެއްގައި ސައުދީއަރަބިއްޔާ އަށް
އިސްލާމިކް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ތަޖުރިބާ ދަތުރެއްގައި ސައުދީއަރަބިއްޔާ މިއަދު ފުރާނެކަމަށް އެމިނިސްޓްރީން ހާމަކޮށްްފިއެވެ. އެމިނިސްޓަރީން ބުނެފައިވަނީ އެމިނިސްޓްރީގެ އެކިއެކި ޑިޕާޓްމަންޓް ތަކާއި ޝެކްޝަން ތަކުން ޖުމްލަ 22 މުވައްޒަފަކު އެދަތުރުގައި ސައުދީ އަރަބިއްޔާއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި، އެ ފަރާތްތަކާ އިއްޔެ މިނިސްޓަރ ޑރ.މުހައްމަދު ސައީދު އަލީސައީދު ވަނީ ބައްދަލުކޮށް ކާމިޔާބު ދަތުރަކަށް އެދިވަޑައިގެން، ދަތުރުގެ ބޭނުން ހެޔޮ ގޮތުގައި ހިއްޕެވުމަށް ނަސޭހަތްތެރިވެވަޑައިގެންފަ ކަމަށެވެ. މައްކާގެ ވަޤުފު މުއައްސަސާ އިން އިންތިޒާމްކުރި އެ ދަތުރުގައި ދަތުރުގެ ބައިވެރިންނަށް ޢުމްރާކުރުމުގެ ފުރުސަތާއި، މައްކާގެ ތާރީހީ އަދި ދީނީ އެކި އެކި މުއައްސަސާތަކަށް ޒިޔާރަތް ކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށް އިސްލާމިކް މިނިސްޓަރީން ވަނީ ބުނެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ