ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ މީހަކީ އަޅުގަނޑުގެ ދަރިފުޅުގެ ސްކޫލް ދަބަސް ވަގައް ނަގައިގެން ގޮސްފައިވާ މީހާ، ދަރިފުޅު ގުރޭޑް 9 ގައި ޓެސްޓް ޕޭޕަރ އާއި ހުރިހާ ފޮތްތަކާއިއެކު މީނާ ވަނީ ނަގާފަ . އަދި މި ޕޯސްޓް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްލަ ދެއްވުމަކީ ވަރައްބޮޑު އެހީއަކައް ވާނެ ކަމެކެވެ. މި މީހާގެ ވަނަވަރާއި މިއީ ކާކުކަން ވަރައް ގިނަ ބޭފުޅުންގެ އެހީތރި ކަމާއި އެކު ވަނީ ހޯދިފައެވެ، ނަމަވެސް ދަބަހުގައިވާ ފޮތްތައް ހޯދެން ވަނީ މީނަ ފެނިގެން ކަމައްވާ އިރު، މީނަ ލޮކޭޓްކޮއް ހުރިތަނެއް އަންގަވާލަ ދެއްވުމަކީ އަޅުގަނޑުގެ ވަރައްބޮޑު އެދުމެކެވެ.
މާލޭގައި ވައްކަމުގެ މައްސަލަތައް މިހާރު ފާހަގަކޮށްލެވޭ ވަރަށް ބޮޑުވެފައިވާއިރު އެފަދަ ކަމެއް މީހަކު ކުރާތަން ފެންނަ ބައެއް ފަރާތްތަކުން ވެސް އެކަން ހުއްޓުވަން މަސައްކަތް ނުކުރާކަން މިހާރު ވަނީ ފާހަގަކުރެވެން ފަށާފައެވެ. އެކަމާ ގުޅޭގޮތުން މީސްމީޑިއާގައި ބަދަލުކުރާ ހިޔާލުތަކުން ހާމަވަނީ އެފަދަ ކަމެއްގައި އިންވޯލްވެ ބަޔާނެއްދޭ ހިސާބުން އެމީހާގެ ސަލާމަތާ މިނިވަންކަމަށް ހުރަސްއެޅުމުގެ ބިރުގެ ސަބަބުން ވާކަމެއްކަމުގައެވެ.







