
ސައުދީ އަރަބިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހަނަފަސް ސަހަރާތަކަށް ބޯކޮށް ސްނޯވެހިއްޖެ
ސައުދީ އަރަބިއްޔާގެ ތާރީހުގައި ފުރަތަމަ ފަހަރަށް ހަނަފަސް ސަހަރާތަކަށް ބޯކޮށް ސްނޯވެހިއްޖެ
ލިޔުން:
ސައުދީ އަރަބިއްޔާގެ ތާރީހުގައިވެސ ފުރަތަމަ ފަހަރަށް އެ ގައުމުގެ ހަނަފަސް ސަހަރާތަކަށް ބޯކޮށް ސްނޯވެހިއްޖެއެވެ.
ސަޢޫދީ ޢަރަބިއްޔާގެ ބައެއް ސަރަޙައްދުތަކަށް ތާރީޚުގައި ވެސް ފުރަތަމަ ފަހަރަށް ބޯކޮށް ސްނޯ ވެހެމުން އެބަދެއެވެ. ރިޕޯޓްތައް ބުނާގޮތުން އަލް-ޖައުފް ސަރަޙައްދަށް ބޯކޮށް ސްނޯ ވެހި އެސަރަޙައްދު ވަނީ ވިންޓަރ ވޮންޑަރލޭންޑަކަށް ބަދަލުވެފައެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަލް-ޖައުފްގެ ރަށްވެހިންނަށް ހޭލެވުނީ ފަރުބަދަތައް ހުދު ކުލައިގެ ސްނޯއަށް ބަދަލުވެގެން ދިޔަ ހިތްގައިމު މަންޒަރެވެ. ސައޫދީ ޕްރެސް އެޖެންސީން ފާހަގަކުރި ގޮތުގައި ހަމައެކަނި ސްނޯ ވެހުމުގެ އިތުރުން ފެންގަނޑުތައް އުފެދި، ވާދީތައް ވަނީ ދިރުން އައިސްފައެވެ.
ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވާނެ ކަމުގެ އިންޒާރު ސައުދީ މޫސުމާ ބެހޭ އިދާރާއިން ވަނީ ދީފަ އެވެ. އަލް-ޖައުފްގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭއިރު، ބޯކޮށް ވާރޭވެހި ވިޒިބިލިޓީ ދަށްވެދާނެ ކަމަށް ލަފާކުރެވޭ ކަމަށް ލަފާކުރެ އެވެ.
މި އުންމީދު ނުކުރާ ފިނި މޫސުމުގެ މޫސުމުގެ ސަބަބުން މެދުއިރުމަތީގެ މޫސުމަށް އަންނަ ބަދަލުތަކުގެ މައްޗަށް އަލިއަޅުވާލާފައިވާއިރު، އެންމެ ހިކި ހަނަފަސް ސަރަޙައްދުތަކަށްވެސް ބޮޑެތި ބަދަލުތަކެއް ދަނީ އަންނަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
