މާލެ: 31°C

ކޮންޓްރެކްޓަރު 16 މިލިއަން ރުފިޔާ ހޯދަން އައިއިރު މިނިސްޓްރީގައި އެއްވެސް ލިޔެކިއުމެއް ނެތް: އެޑިއުކޭޝަން މިނިސްޓަރު

November 7, 2024
2 ފަހަރު ބަލާފައި
ކޮންޓްރެކްޓަރު 16 މިލިއަން ރުފިޔާ ހޯދަން އައިއިރު މިނިސްޓްރީގައި އެއްވެސް ލިޔެކިއުމެއް ނެތް: އެޑިއުކޭޝަން މިނިސްޓަރު
ކޮންޓްރެކްޓަރު 16 މިލިއަން ރުފިޔާ ހޯދަން އައިއިރު މިނިސްޓްރީގައި އެއްވެސް ލިޔެކިއުމެއް ނެތް: އެޑިއުކޭޝަން މިނިސްޓަރު
ސްކޫލެއްގެ މަސައްކަތް އަވަހަށް ނިންމުމަށް މިދިޔަ ސަރުކާރުން ކޮންޓްރެކްޓަރަކާއި ހަވާލުކުރި 16 މިލިއަން ރުފިޔާގެ އެއްބަސްވުމާއި ބެހޭ އެއްވެސް ލިޔެކިޔުމެއް އެޑިއުކޭޝަން މިިނިސްޓްރީގައި ފެންނަން ނެތް ކަމަށް ތަޢުލީމީ ވަަޒީރު ޑރ އިސްމާޢިލް ޝަފީޢު ވިދާޅުވެއްޖެވެ. "ފައިނޭންސް އެގްޒެކެޓިވްގެ ހުއްދައެއް ނެތް. ބިޑް ކޮމެޓީގެ ހުއްދައެއް ނެތް. ފިނޭންސް މިނިސްޓްރީގެ ހުއްދައެއް ނެތް. މިނިސްޓްރީ އޮފް އެޑިއުކޭޝަން އެއްވެސް މުއާމަލާތެއް ކޮށްފައި އޮތްތޯ ބެލުމަށް އަޅުގަނޑުމެން މަސައްކަތް ކުރިއިރު މިނިސްޓަރު ވަނީ ހުރިހާ އީމެލްތަކެއް ޑިލީޓް ކުރައްވާފައި. އެހެންވީމާ އެކަން ފެންނާނަކަށް ނުއެއް ނެތް. މިއީ ކަންތައްތައް ހުރި ގޮތަކީ،" މިިނިސްޓަރު ވިދާޅުވިއެވެ. ސްކޫލްތަކުގައި ކުރިއަށް ގެންދާ މަސައްކަތްތައް ނުނިމޭ މައްސަލައާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ފުވައްމުލަކު ދެކުނު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ހުސައިން ކުރެއްވެވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ މާލޭގެ ވަރަށް ބޮޑު ސްކޫލެއްގެ ކޮންޓްރެކްޓަރު ތަޢުލީމީ ވުޒާރާއަށް މީގެ ހަފްތާއެއްހާ ދުވަސް ކުރިން އައިސްފައިވާ ކަމަށެވެ. އަދި ކޮންޓްރެކްޓަރު ވިދާޅުވީ 16 މިލިއަން ރުފިޔާ އެވުޒާރާއިން އެކުންފުންޏަށް ދޭން ޖެހޭ ކަމަށެވެ. ކުންފުނިން ބުނެފައިވަނީ މަސައްކަތް ކުރީ މިނިސްޓްރީން ފައިސާ ދޭން އެއްބަސް ވެގެންކަމަށެވެ. އެހެން ނަމަވެސް އެއްވެސް ލިޔެކިޔުމެއް ވުޒާރާގައި ނެތް ކަމަށް އެމަނުކުފާނު ވިދާޅުވިއެވެ.
 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ