ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާކޮށް އަދި ދުންފަތުގެ ވިޔަފާރި ކުރެވޭނެ އެންމެ ހަގު އުމުރަކީ 21 އަހަރު ކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ފާސްކޮށްފި އެވެ.
ސަރުކާރުގެ ފަރާތުން ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާން ހުށަހެޅުއްވި ބިލުގައިވާ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް އެތެރެ ކުރުން މަނާވާއިރު، ޑިސެންބަރު 15 ވަނަ ދުވަހުގެ ފަހުން ވޭޕް ބޭނުން ކުރުމާއި ވިއްކުން ވެސް މަނާވާނެ އެވެ.
މިކަމާ ހިލާފުވާނަމަ އެ އިސްލާހުގައި ބޮޑެތި ޖޫރިމަނާތަކެއް ވަނީ ހިމަނައިފަ އެވެ. އެގޮތުން، ވޭޕް ކުރުމަށް ބޭނުން ކުރާ އާލާތްތަކާއި އެކަމަށް ތައްޔާރު ކޮށްފައިވާ އުފެއްދުންތައް އެތެރެކޮށްފި ނަމަ، 50،000ރ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕް އާލާތަކަށް 10،000ރ.ގެ މަގުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ.







