މާލެ: 31°C

ގައުމީ ދިރާސާ ކައުންސިލް އެކުލަވާލައިފި

November 6, 2024
2 ފަހަރު ބަލާފައި
ގައުމީ ދިރާސާ ކައުންސިލް އެކުލަވާލައިފި
ގައުމީ ދިރާސާ ކައުންސިލް އެކުލަވާލައިފި
"ގައުމީ ދިރާސާ ކައުންސިލް" ގެ ނަމުގައި ހަޔާ އެޑިޔުކޭޝަން، ލޭބަ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް މިނިސްޓްރީ މެދުވެރިކޮށް ކައުންސިލެއް އެކުލަވާލައި، އެ ކައުންސިލަށް މެމްބަރުން މިއަދު އައްޔަންކޮށްފި އެވެ. މި ކައުންސިލް އުފެއްދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ މަގާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ވެވަޑައިގެންނެވި ވައުދުފުޅެކެވެ. މި ކައުންސިލަށް މެމްބަރުން އައްޔަންކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ހަޔާ އެޑިޔުކޭޝަން މިނިސްޓްރީގަ އެވެ. ކައުންސިލަށް އައްޔަންކުރި މެމްބަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެ މިނިސްޓްރީގެ ޕީއޭ އާއިޝަތު ހިކުމާ އެވެ. ގައުމީ ދިރާސާ ކައުންސިލަކީ ރާއްޖޭގެ އިލްމީ ދިރާސާ ކުރުމާއި އޭގެ އަލީގައި ފިކުރީ މުދާ އުފެއްދުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުމަށް އެކުލަވައިލި ކައުންސިލެކެވެ. މި ކައުންސިލުގެ މެމްބަރުންނަކީ "ގައުމީ ދިރާސާ ފަންޑު" ހިންގައި ބެލެހެއްޓުމަށް އައްޔަންކުރެވިފައިވާ މެމްބަރުންނެވެ. ކައުންސިލް މެމްބަރުންގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފަންޑުން ހަރަދުކޮށްގެން ދިރާސާކުރާނެ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތަކަށް ކަނޑައެޅުމުގެ އުސޫލުތައް ކަނޑައެޅުމާ އަދި ފަންޑުން ފައިސާ ދޫކުރާނެ ހަމަތަކެއް ގާއިމުކޮށް، އެ ހަމަތައް ތަންފީޒުކުރުން ހިމެނެ އެވެ. ގައުމީ ދިރާސާ ކޮމިޓީއަށް ޖުމްލަ ނުވަ މެމްބަރުން އައްޔަންކޮށްފައިވެ އެވެ.
  1. ހަޔާ އެޑިޔުކޭޝަން މިނިސްޓަރު އައްޔަންކުރައްވާ ފަރާތް (ކައުންސިލް ޗެއާ): ސްޓޭޓް މިނިސްޓަރު އަހްމަދު ޝަފީއު
  2. ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ ތަމްސީލު ކުރާ ފަރާތް: ޑެޕިއުޓީ މިނިސްޓަރު އައިމިނަތު ޝަޝީ
  3. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ތަމްސީލު ކުރާ ފަރާތް: އެމްއެންޔޫގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ރަހީމާ އަބްދުލްރަހީމް
  4. ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ ތަމްސީލު ކުރާ ފަރާތް: އައިޔޫއެމްގެ ޑެޕިއުޓީ ވައިސް ޗާންސެލަރު ޑރ. ވިސާލް މޫސާ
  5. ރާއްޖޭގައި ދިރާސާ ކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: ސީޑީއީ ކޮންސަލްޓިން އިންޖިނިއަ، ޑރ. ނަޝްވާން މަތީން
  6. ރާއްޖޭގައި ދިރާސާ ކުރުމުގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: މޯލްޑިވިސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރު މުހައްމަދު ޝިމާލް
  7. އުފެއްދުންތެރި އިޖާދީ މަސައްކަތްކުރާ މުއައްސަސާއެއް ތަމްސީލު ކުރާ ފަރާތް: ލޮޓީ ފައިލްސްގެ އިންޖިނިއަރިން މެނޭޖަ އޮފް އާރުއެންޑްޑީ، ނާއީލް އަބްދުލްރަހްމާން
  8. އަމިއްލަ ކޮލެޖެއް ތަމްސީލު ކުރާ ފަރާތް: ވިލާ ކޮލެޖުގެ ޑެޕިއުޓީ ވައިސް ރެކްޓަ ޑރ. މުހައްމަދު އާދިލް
  9. ފިނޭންސް މިނިސްޓްރީ ތަމްސީލު ކުރާ ފަރާތް: ފިނޭންސް މިނިސްޓްރީގެ ޗީފް އެކައުންޓްސް އެގްޒެކެޓިވް ޗީފް އެކައުންޓްސް އެގްޒެކިއުޓިވް މުހައްމަދު މާއިޒް މުނާޒް

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ