
2025ގެ ބަޖެޓުން މަޖިލިސް މެންބަރުންގެ ބާރުކެނޑޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި
2025ގެ ބަޖެޓުން މަޖިލިސް މެންބަރުންގެ ބާރުކެނޑޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފި
ލިޔުން:
2025ގެ ބަޖެޓް އެކުލަވާލާފައިވާ ގޮތުން ރައްޔިތުން މަޖިލިސް މެމްބަރުންގެ ބާރު ކެނޑޭ ކަމަށް އެމްޑީޕީން ތުހުމަތުކޮށްފިއެވެ.
އެކަންބޮޑުވުުން ފާޅުކުރެއްވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުމެއްގައި ކަނޑިތީމު ދާއިރާގެ އެމްޑީޕީ މެމްބަރު އަމީންއެވެ.
މެމްބަރު އަމީން މިފަދައިން ވިދާޅުވީ މިއަދު މަޖިލީހުގެ އިދާރާގައި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ބައްދަލުވުމުގައި ބަޖެޓާ ގުޅިގެން ވާހަކަ ދައްކަވަމުން އަމީން ވިދާޅުވީ ބަޖެޓުގައި ޕީއެސްއައިޕީގެ އެއްވެސް ޕްރޮޖެކްޓެއްގެ މައުލޫމާތު ހިމެނިފައިނުވާ ކަމަށެވެ.
އަމީން ވިދާޅުވީ ބަޖެޓުގައި ޕީއެސްއައިޕީގެ މައުލޫމާތު ހިމަނާފައި ނެތުމުން ޕްރޮޖެކްޓަކާ ގުޅިގެން މިނިސްޓަރުންނާ ސުވާލު ކުރުމުގެ ފުރުސަތު ނެތް ކަމަށެވެ. ބަޖެޓުގައި ޕްރޮޖެކްޓުގެ އަދަދާއި ކޮން ރަށެއްގައި، ކޮންއިރަކު ހިނގާނެ ޕްރޮޖެކްޓެއްކަން ސާފުވާން ނެތް ކަމަށެވެ. ވުމާ އެކު އެކަން ސާފު ކޮށްދޭން ޖެހޭކަން މެމްބަރު ފާހަގަކުރެއްވި އެވެ.
ޕީއެސްއައިޕީ ޕްރޮޖެކްޓްތަކުގެ ތަފުސީލު ނެތްކަން ފާހަގަކުރައްވާ، ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު ޑރ. އަހްމަދު ޝަމްހީދު ވަނީ ބަޖެޓުގައި އެ މައުލޫމާތު ނެތުމުން، މިހާރު ހުރި ވަރަށް ވުރެ އިތުރަށް އެ މައުލޫމާތު ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ބައްދަލުވުމުގައި ޕީޖީ ގްރޫޕުގެ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހީމް ނާޒިލް ވަނީ ޕީއެސްއައިޕީގެ ތަފުސީލު ދިނުމަށް ފިނޭންސް މިނިސްޓަރަށް ގޮވާލައްވާފަ އެވެ.
އިތުރަށް ވިދާޅުވީ އެކަމުގެ ތަފުސީލު ހޯދަން ލިޔުމުން ވެސް އެދޭނެ ކަމަށެވެ. އަދި މިނިސްޓަރާ ކޮމިޓީގައި ސުވާލު ކުރެވޭއިރު އެ ތަފުސީލަށް އެދިވަޑައިގަންނަވާނެ ކަމަށް ނާޒިލް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
