
އާސަންދައާ ގުޅޭ ގޮތުން އިދިކޮޅުން ހުށަހެޅި މައްސަލަ ބަލައިނުގަތީ ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ
އާސަންދައާ ގުޅޭ ގޮތުން އިދިކޮޅުން ހުށަހެޅި މައްސަލަ ބަލައިނުގަތީ ޝަރުތު ހަމަނުވާކަމަށް ވިދާޅުވެ
ލިޔުން:
އާސަންދަ ހިދުމަތާ ގުޅޭ ގޮތުން އިދިކޮޅު, އެމްޑީޕީއިން ހުށަހެޅި ކުއްލި މައްސަލަ ބަލައި ނުގަންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ނިންމަވައިފި އެވެ.
"އިއްޒަތްތެރި މެންބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައި ޝަރުތު ފުރިހަމަ ނުވާތީ އެ މައްސަލާގައި ބަހުސް ކުރަން ފެނޭތޯ ނުފެނޭތޯ ވޯޓަކަށް ދެންނެވެން ނެތް ވާހަކަ ހިތާމައާއެކީގައި ދަންނަވަން"
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު އިބްރާހިމު (ކުޑޫ) އެވެ.
މަޖިލީހުގރ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ވިދާޅުވީ މަޖިލީހުގެ ގަވާއިދުގެ 197 ވަނަ މާއްދާގެ (ހ) އަށް ބަލާއިރުއެ މައްސަލާގައި ކުއްލި މައްސަލައިގެ ޝަރުތު ފުރިހަމައެއް ނުވާ ކަމަށެވެ. އަދި ކުއްލި މައްސަލައަކަށް ވާނީ ކުއްލިއަކަށް ހިނގައިގެން ނުވަތަ ވޭތުވެދިޔަ 7 ދުވަހުގެ ތެރޭގައި ހިނގާފައިވާ ކަމަކުން ހުށަހަޅާ މައްސަލަތަކަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެ ކުއްލި މައްސަލާގައި ބުނެފައިވަނީ ހޮސްޕިޓަލްތަކާއި ކްލިނިކްތަކުން ހިދުމަތް ހޯދާ ދިވެހިން ޑޮކްޓަރަށް ދެއްކުމަށާއި ޓެސްޓުތައް ހެއްދުމަށް ލިބެމުން އައި އާސަންދަ ހިދުމަތް ދިނުން ހުއްޓާލަމުންދާ ކަމަށާއި ބޭސް ސިޓީ އާއި ބޭސް ދޫކުރުމުގައި ލިބެމުން އައި އާސަންދައިގެ ހިދުމަތް ނުލިބި އެކަންކަމަށް އަމިއްލަ އަތުން ހަރަދު ކުރަން ޖެހުމުގެ ކަންބޮޑުވުމާއި ޝަކުވާ އިތުރުވެފައިވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
