މާލެ: 31°C

އިހަވަންދޫ ވިމެންސް ކޮމިއުނިޓީއާއި އެރަށު ބައެއް މުވައްސަސާތައް ގުޅިގެން ކަނބަލުންގެ ދޮޅަހެޔޮކަމާއި ދަރިންތަރުބިއްޔަތު ކުރުމާގުޅޭ ސެޝްތަކެއް ބާއްވަނީ

November 6, 2024
2 ފަހަރު ބަލާފައި
އިހަވަންދޫ ވިމެންސް ކޮމިއުނިޓީއާއި އެރަށު ބައެއް މުވައްސަސާތައް ގުޅިގެން ކަނބަލުންގެ ދޮޅަހެޔޮކަމާއި ދަރިންތަރުބިއްޔަތު ކުރުމާގުޅޭ ސެޝްތަކެއް ބާއްވަނީ
އިހަވަންދޫ ވިމެންސް ކޮމިއުނިޓީއާއި އެރަށު ބައެއް މުވައްސަސާތައް ގުޅިގެން ކަނބަލުންގެ ދޮޅަހެޔޮކަމާއި ދަރިންތަރުބިއްޔަތު ކުރުމާގުޅޭ ސެޝްތަކެއް ބާއްވަނީ
އިހަވަންދޫ ވިމެނެސް ކޮމިއުނިޓީއާއި އިހަވަންދޫ ކައުންސިލް ގުޅިގެން އަންހެން ކަނބަލުންގެ ނަފުސާނީ ދެޅަހެއޮކަން އިތުރުކުރުމާއި، ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމަށް ހޭލުންތެރިކަން އިތުރުމަށްޓަކައި ޚަރަކާތްތަކެއް ބާއްވަން ނިންމައިފިއެވެ. ދެ ޖިންސުގެ ބެލެނިވެރިންނަށް ހުޅުމާލައިގެން މި މަހުގެ 9 އަދި 11 ގައި ބާއްވާ އެ ޚަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެމްބަރ 6 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. އެ ޝަޝަން ތަކުގައި ބައިވިރެވިވުމަށް ބޭނުންވާ ފަރާތްތަކުން ބައިވެރިވާން އެދޭ ފަރާތުގެ ފުރިހަމަ ނަމާއި ގުޅޭނެ ނަމްބަރ ޖައްސަވައި 9829919 އަށް ވައިބައިން ނުވަތަ  ގޫގަލްފޯމް ފުރުއްވައިގެން ބައިވެރިވެނޭނެ ކަމަށް އައިޑަބްލިއުސީ އިން ބުނެފައިވެއެވެ. އެ ޖަމްއިއްޔާއިން ބުނެފައިވަނީ މިމަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސެޝަނަކީ ކަނބަލުންނަށް ނަފްސާނީގޮތުން ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ ކުރިޔަށްދާން ހިތްވަރުދީ  އަދި ނަފްސާނީ ދުޅަހެއޮކަން އިތުރުކުރާނެ ގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމާ ގޫޅޭ ޝެޝަނެއްކަމަށާއި އަދި މިމަހުގެ 11 ވަނަ ދުވަހު ކުރިޔަށްދާނީ، ދަރިން ތަރުބިއްޔަތުކުރުމުގައި މައިންބަފައިން އަމަލުކުރަންޖެހޭ ގޮތްތަކާ ކުއްޖާގެ ދުދުޅަހެޔޮކަން ބައްޓަންކުރުމަށް ކަންކަން ބަހައްޓާނެ ގޮތުގެ ހުނަރުތައް ފޯރުކޮއްދިނުމުގެ ސެޝަނެއް ކަމަށެވެ. އެ ޚަރަކާތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިހަވަންދޫ ވިމެންސް ކޮމިއުނިޓީގެ ރައީސާ ފާތިމަތު ޝާއިރާ ވިދާޅުވީ އެ ޙަރަކާތަކީ އިހަވަންދޫގެ ވަރަށް ގިނަ މުވައްސަސާތަކެއްގެ ބައިވެރި ވުމާއެކު ކުރިއަށް ގެންދާ ޚަރަކާތެއް ކަމަށާއި އެގޮތުން އިހަވަންދޫ ކައުންސިލާއި، އަންހެނުންގެ ތަރަށްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި، މަސްވެރި އިހަވަންދޫ ޖަމްއިއްޔާ އާއި އިހަވަންދޫ ޕޮލިސް ސްޓޭޝަންގެ އިތުރުން އިހަވަންދޫ ސުކޫލާއި އިހަވަންދޫ ކޮމިއުނީ ސެންޓަރުންވެސް ބައިވެރި ވާކަމަށެޗވެ. ޝާއިރާ ވިދާޅުވި ގޮތުގައި އެ ޙަރަކާތުގައި އެ އަތޮލޫ މާރަންދޫ އިންވެސް ވަނީ ބައިވެރި ވެފައެވެ. އަދި އެ ހަރަކާތުގެ ފެސިލިޓޭޓަރަކީ އެފަދަ ސެޝަންތައް ބޭއްވުމުގައި ތަޖުރިބާކާރެއ ކަމަށް ވާ މޫމިނާ ސަލީމް ކަމަށްވެސް ޝާއިރާ ވިދާޅުވިއެވެ. އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ އަކީ ހޭލުންތެރި މުޖުތަމަޢުއަކާއި، ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އަންހެނުންގެ ދައުރު ފުޅާކުރުމާއި، އެކިއެކި ދާއިރާތަކުން ކުރިއަށް ދިއުމުގައި އަންހެނުނަނަށް ލިބެންހުރި ފުރުޞަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރުމާއި، ފުދުންތެރި ދިރިއުޅުމަކަށް ބޭނުންވާނެ ހުނަރާއި ޤާބިލުކަން އިތުރުކުރުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި 2021 ވަނަ އަހަރުން ފެށިގެން ތަފާތު ހަރަކާތްތައް ހިންގަމުންއަންނަ ޖަމިއްޔާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ