
ކުރީގެ ލޯބިވެރިޔާއަށް ހަމަލާދީ މާރާމާރީ ހިންގައިފި؛ ފިިރިހެން މީހާ ހައްޔަރުކޮށް ބަންދު ޖަހައިފި
ކުރީގެ ލޯބިވެރިޔާއަށް ހަމަލާދީ މާރާމާރީ ހިންގައިފި؛ ފިިރިހެން މީހާ ހައްޔަރުކޮށް ބަންދު ޖަހައިފި
ލިޔުން:
ކުރީގެ ލޯބިވެރިޔާއަށް އަނިޔާކުރި މައްސަލައެއް ގައި މީހަކު ހައްޔަރި މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ދީފަ އެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ގއ. ވިލިނގިލި 28 އަހަރުގެ ޒުވާނެކެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ހާދިސާ ރިޕޯޓަށް ބަލާއިރު އޭނާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ފަރާތާމެދު މާރާމާރީ ހިންގާފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
ކުށް ކޮށްފައިވާ ހާލަތައް ރިއާޔަތްކޮށް, އެއީ ގެވެށި ގުޅުމަކުން ގުޅިފައިވާ ދެ މީހުންކަން އެނގޭއިރު އެ އަމަލުގައި އަނިޔާ ލިބުނު ފަރާތަށް އަނިޔާ ލިބި ޑޮކްޓަރަށް ދައްކާފައިވާ ކަމަށް އަމުރުގައި ބުންޏެވެ.
ކޯޓު އަމުރުގައި ބުނެފައިވަނީ އޭނާގެ މައްޗަށް އެ ކުށް ކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށެވެ. އެގޮތުން ފުލުހުންގެ ހާދިސާ ރިޕޯޓާއި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާން އަމުރުގައި ފާހަގަކޮށްފައިވެ އެވެ.
ބަންދުގައި ބަހައްޓަން ޖެހޭ ސަބަބެއް ކަމަށް އެ އަމުރުގައި ބުނެފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމތިވެދާނެކަމަށްޓަކަ އެވެ.
ހާދިސާ ރިޕޯޓާ ހަވާލާދީ އަމުރުގައި ބުނެފައިވަނީ ހާދިސާ ހިނގި ތަނުގައި ލޭ ހުރި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
