
އެޑިއުކޭޝަން މިނިސްޓްރީން ކޮންޓްރެކްޓަރުންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މިއަހަރު ހަލާސްކުރާނެ: މިނިސްޓަރު
އެޑިއުކޭޝަން މިނިސްޓްރީން ކޮންޓްރެކްޓަރުންނަށް ނުދެވި ހުރި ހުރިހާ ފައިސާއެއް މިއަހަރު ހަލާސްކުރާނެ: މިނިސްޓަރު
ލިޔުން:
އެޑިއުކޭޝަން މިނިސްޓްރީން ކޮންސްޓްރަކްޝަނާއި އެހެނިހެން މަސައްކަތް ކުރުވުމަށް ފަހު، ކޮންޓްރެކްޓަރުންނަށް ނުދެވި ހުރި ފައިސާގެ އަދަދު ޖުމުލަ 32 މިލިއަނަށް އަރާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން އެ ފައިސާ ދައްކާ ހަލާސް ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަފީއު އެހެން ވިދާޅުވީ، ގަލޮޅު އުތުުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ކުރައްވާ ސުވާލަކަށް ޖަވާބުދެއްވުމަށް މަޖިލީހަށް ހާޒިރުވެވަޑައިގެން، ބާރަށު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝުޖާއު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެޑިއުކޭޝަން ދާއިރާގެ ޕްރޮޖެކްޓްތައް ލަސްވަމުންދާތީ އެކަން ހައްލުކުރުމަށް ކުރަމުންދާ މަަސައްކަތާއި ގުޅިގެން ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ސައުދުﷲ ހިލްމީ ވެސް ސުވާލު ކުރެއްވި އެވެ. އެ ސުވާލަަށް ޖަވާބު ދެއްވަމުން މިނިސްޓަރ ޝަފީއު ވިދާޅުވީ، ޕްރޮޖެކްޓަތައް ލަސްވެގެން ދިއުމުގައި އެކި ސަބަބުތައް އެބަހުރި ކަމަށެވެ.
އޭގެ ތެރެއިން، ފައިސާގެ މުއާމަލާތް ލަސްވެގެން ދިއުމާއި، ކުރެހުން ފާސްކުރެވިފައި އޮންނައިރު މުހިންމު ބައިތައް ނުހިމަނާ ފާސްކޮށްފައިވުމާއި، ސްކޫލްތަކުން ބޭނުންވެގެން ގެންނަ ބަދަލުތައް ފާސްކުރުމަށް ވެސް ޕްރޮޖެކްޓް ޑިލޭ ވެގެންދާކަން ފާހަގަކުރެއްވި އެވެ.
އެއިން ކޮންމެ ބަދަލަކީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅާ އެ މިނިސްޓްރީގެ އެޕްރޫވަލް ހޯދަން ޖެހޭ ކަމެއްކަމަށް ވިދާޅުވި އެވެ. އަދި އެ އެޕްރޫވަލްތައް ނުހޯދާ މަސައްކަތް ކުރާނަމަ، "ލަނޑު" ލިބިފައި ވެސް އެބަހުރިކަން ފާހަގަކުރެއްވި އެވެ.
އެގޮތުން ދިމާވި ކަމެއް ހިއްސާކުރައްވާ ޝަފީއު ވިދާޅުވީ، ސްކޫލެއްގެ ކޮންޓްރެކްޓަރަކަށް ލިބެންޖެހޭ ފައިސާ ހޯދަން އައި އިރު މިނިސްޓްރީގައި އެއްވެސް ލިޔެކިޔުމެއް ނެތް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
