
ގަވާއިދާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވި ފަރާތްތަކަށް ފުލުހުންގެ ފަރާތުން 2 ލީޓަރ ޕެޓްރޯލް
ގަވާއިދާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވި ފަރާތްތަކަށް ފުލުހުންގެ ފަރާތުން 2 ލީޓަރ ޕެޓްރޯލް
ލިޔުން:
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ހިތްވަރުދިނުމުގެ ގޮތުން މިލަންދޫ ގައި ގަވާއިދާ އެއްގޮތަށް އެއްގަމު އުޅަނދު ދުއްވި ފަރާތްތަކަށް 2 ލީޓަރ ޕެޓްރޯލް ލިބޭ ވައުޗަރ އެއް މިލަންދޫ ޕްލިސް ސްޓޭޝަނުގެ ފަރާތުން ދީފިއެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވުމަށް ހިތްވަރުދިނުމަށާއި އެކަމަށް ހޭލުންތެރިކުރުމަށް މިލަންދޫ ޕޮލިސް ސްޓޭޝަނުން އިއްޔެ ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ރަށުގެ އެކި ސަރަހައްދުން އެއްގަމު އުޅަނދު ހުއްޓުވައި، ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދު ދުއްވާތޯ ބަލާފައިވެއެވެ. އަދި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އުޅަނދުގައި ހުންނަންޖެހޭ ހުރިހާ ކަމެއް ފުރިހަމަކޮށްގެން އުޅަނދު ދުއްވި ފަރާތްތަކަށް، އެކަން ފާހަގަކުރުމުގެ ގޮތުން ހަދިޔާއެއް ގޮތުގައި ދެ ލީޓަރުގެ ޕެޓްރޯލް ލިބޭ ގިފްޓް ވައުޗާއެއް ދީފައިވެއެވެ.
އޭގެ އިތުރުން ގަވާއިދާ ހިލާފަށް އުޅަނދު ދުއްވި ފަރާތްތަކަށް އެކަންކަން ރަނގަޅުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. ފުލުހުންގެ ފަރާތުން ހާމަކުރި ގޮތުގައި އެ ހަރަކާތުގައި ދިން ހަދިޔާއަކީ، ކުށްމަދުކުރުމަށާއި އަމާން ރައްކާތެރި މުޖުތަމައެއް ބިނާކުރުމަށް މިލަންދޫގައި ފުލުހުން ކުރަމުންދާ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ރަށުގެ ވިޔަފާރިވެރިން ފޯރުކޮށްދެއްވި އެހީއެކެވެ. މި ހަރަކާތް ކޮންމެ މަހަކު ވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
