
ސަލާމަތީ ޚިދްމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ ޤާބިލު ޒުވާނުންނަށްވެސް ފުރުސަތު ދީގެން: އަބްދުﷲ ޝާހިދު
ސަލާމަތީ ޚިދްމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ ޤާބިލު ޒުވާނުންނަށްވެސް ފުރުސަތު ދީގެން: އަބްދުﷲ ޝާހިދު
ލިޔުން:
ސަލާމަތީ ޚިދްމަތްތައް ޒަމާނާ އެއްގޮތަށް ތަރައްޤީކޮށް ކުރިޔަށް ގެންދެވޭނީ ޢިލްމީ ޤާބިލު ޒުވާނުންނަށްވެސް އެޚިދުމަތްތަކާ ގުޅުމުގެ ފުރުސަތު ލިބިދީގެން ކަމުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހު ރައީސް ޑރ.މުޙައްމަދު މުއިއްޒު އިޢުލާނުކުރެއްވި ނެޝަނަލް ސާވިސް ޕްރޮގްރާމަށް އިޝާރަތްކުރައްވައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސް ގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އޯލެވެލް ގައި ރަގަޅު ނަތީޖާއެއް ޙާސިލު ނުވާ ކުދިންނަށް އެކުއްޖެއްގެ ޝައުޤުވެރިކަން ހުރި ދާއިރާ އަކުން އިތުރު ތަމުރީނާއި ހުނަރުތައް ލިބޭނޭމަގު ފަހިކޮށްދީ ޤައުމުގެ ތަރައްޤީގައި ބައިވެރިވެ ޝާމިލުވެވޭ ގޮތަށް ޖާގަ އޮތުމަކީ އެފަދަ ޒުވާނުންގެ އުންމީދުތަކުގައި ޙަޤީގީ ކުލަޖެހިގެންދާނޭ މަގުކަމަށެވެ.
އަދި ރާއްޖޭގެ އަދުގެ ހަގީގީ ހާލަތަކީ އެއްވެސް މަޖުބޫރުކަމެެއްނެތި ސަލާމަތީ ޚިދްމަތްތަކުން ފުރުސަތަށް އެދި އެތަށް ހާސް ޒުވާނުން ވަޒީފާއަކަށް އެދި އެދި އެބަތިބިކަމަށާއި، ވަކިދާއިރާއަކުން ޚިދުމަތް ކުރަން މަޖުބޫރުކުރުމަކީ ޑިމޮކްރަޓިކް ނިޒާމާއި ބީރައްޓެހި ގޮތެއްކަމަށެވެ.
އެހެންކަމުން އުފެއްދުންތެރި ޖީލެއް ބިނާކުރުމަށް އޮތް ރަނގަޅު ގޮތަކީ ޒުވާނުނުންގެ ހުނަރުތައް ތަރައްޤީ ކުރުމަށް މަގުފަހިކޮށްދިނުމާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމާއި، ފުރުސަތު އިތުރުކޮށްދިނުންކަމުގައިވެސް އެމަނިކުފާނުގެ ޕޯސްޓްގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސް ޑރ.މުއިއްޒު އިޢުލާނުކުރައްވާފައިވާ ނެޝަނަލް ސާވިސް ޕްރޮގްރާމަކީ އުމުރުން 16 އަހަރުން މަތީގެ ތައުލީމު ހާސިލްނުކުރާ ކުދިން ނެޝަނަލް ސާވިސް އާއި ގުޅެން ގާނޫނަކުން ލާޒިމްކުރާ ޕްރޮގްރާމެކެވެ. އެގޮތުން ރައީސް ވަނީ ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި 5000 ކުދިން އެ ޕްރޮގްރާމުގެ ދަށުން ސިފައިންގެ އަށާއި ފުލުހުންގެ އިދާރާއަށް ތަމްރީނު ކުރެވޭނެކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
