މާލެ: 31°C

ރައީސް މުއިއްޒަކީ ތެދުވެރި އިހުލާސްތެރި ބޭފުޅެއް: ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފް

November 6, 2024
2 ފަހަރު ބަލާފައި
ރައީސް މުއިއްޒަކީ ތެދުވެރި އިހުލާސްތެރި ބޭފުޅެއް: ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފް
ރައީސް މުއިއްޒަކީ ތެދުވެރި އިހުލާސްތެރި ބޭފުޅެއް: ނައިބްރައީސް ހުސައިން މުޙައްމަދު ލަތީފް
ރައީސް މުއިއްޒަކީ ތެދުވެރި އިހުލާސްތެރި ބޭފުޅެއް ކަމަށާއި އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުތައް ފުއްދަވާނެ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވެއްޖެ އެވެ. މިނިސްޓަރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރެކްރިއޭޝަން އިން ރޭ ކުޅުދުއްފުށީގައި ބޭއްވި ހަށިހެޔޮ ރާއްޖެ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިގްތިސާދަށް ކުރިމަތިވި ގޮންޖެހުން ތަކުގެ ސަބަބުން ބައެއް މަޝްރޫއުތަކަށް މަޑުޖެހުނު ނަމަވެސް ރައީސް ޑރ. މުއިއްޒުގެ ރިފޯމް އެޖެންޑާގެ ދަށުން އިގްތިސާދަށް ލުއިތަކެއް ލިބެމުން އަންނަ ކަމަށާއި، އެއާއެކު ހުއްޓިފައި ހުރި މަޝްރޫއުތައް ލަސްތަކެއް ނުވެ ނިންމައި އައު މަޝްރޫއުތައްވެސް ފެށިގެންދާނެކަމަށެވެ. ނައިބްރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ރަށްރަށަށް ވަޑައިގެން ވެވަޑައިގެން ރައީސް ވެލެއްވި ވައުދުތައް ވަރަށް ރަނގަޅަށް ހަނދުމަފުޅުގައި ހުންނަވާ ކަމަށާއި، އމަނިކުފާނަކީ އިހްލާސްތެރި ބޭފުޅެއް ކަމަށާއި، އެމަނިކުފާނުގެ ވައުދުތައް ވަނީ ފޮތެއްގެ ގޮތުގައި ލިޔުއްވައި އާއްމު ކޮށްފައިކަމަށާއި އެކަންކަން ސިއްރުކުރަން އެމަނިކުފާނު ނޫޅުއްވާނެ ކަމަށެވެ. އިތުރަށް ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނައިބްރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް އެންމެ ފުރަތަމަ އިސްކުރެއްވީ ރާއްޖެ ވެއްޓިފައި އޮތް އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް ކަމަށާއި ގައުމު މިހާލަތަށް ދިޔައީ ބަޔަކު މީހުން ނަހަމަ ގޮތުގައި ކުރި ކަންތައްތަކެއްގެ ސަބަބުން ކަމަށެވެ. އެހެންކަމުން އެ ކަންކަމުން އަރައިގަތުމަށް ރައީސް ގެންދަވަނީ ވަރަށް ހިތްވަރުފުޅުގަދަ މަސައްކަތްޕުޅެއް ކުރައްވަމުންކަމުގައިވެސް ނައިބްރައީސް ގެ ވާހަކަ ފުޅުގައި ފާހަގަކުރެެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ