މާލެ: 31°C

އާ ޑޮމެއިންތައް އަންނަ އަހަރު ދޫކުރަން ދަށާނެ

November 5, 2024
2 ފަހަރު ބަލާފައި
އާ ޑޮމެއިންތައް އަންނަ އަހަރު ދޫކުރަން ދަށާނެ
އާ ޑޮމެއިންތައް އަންނަ އަހަރު ދޫކުރަން ދަށާނެ
އެއްގަމުގައި ދުއްވާ އުޅަނދުތަކުގައި ބޭނުންކުރާ ޑޮމެއިންގެ އާ ނަންބަރުތައް އަންނަ އަހަރު ދޫކުރަން ފަށާނެ ކަމަށާއި، އެކަން ކުރާނީ ދެފުށް ފެންނަ ގޮތަށް ހުޅުވާލެވިފައިވާ ބީލަމެއްގެ ތެރެއިން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު މުހައްމަދު އަމީން މިއަދު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ، "އިރާދަކުރެއްވިއްޔާ މިފެށޭ އަހަރުގައި، 2025 ވަނަ އަހަރފު އަލަށް ޑޮމެއިން ވިއްކަން ފަށާނަން،" ކަމަށެވެ. އަދި އަންނަ އަހަރު ޑޮމެއިން ވިއްކަން ފަށާއިރު އެކަން ކުރަމުންދާނީ އިލެކްޓްރޯނިކް ބިޑިންގް ސިސްޓަމެއްގެ ތެރެއިން ކަމަށް ވެސް ވިދާޅުވި އެވެ. "ޑޮމެއިން ވިއްކަން ހަމަޖެހިފައިވަނީ އާންމުކޮށް ހުޅުވާލައިގެން ދެފުށް ފެންނަ ބީލަމެއްގެ ތެރެއިން. މިނިސްޓްރީ ތެރޭގައި ވަކި ގޮތަކަށް ޑޮމެއިން ނަންބަރު ނަގައިގެން ވިއްކުމުގެ ޖާގައެއް ނުދޭނަން. ހަމަ އޯޕަން ބިޑިންގް ސިސްޓަމެއްގެ ތެރޭގައި އެކަން ކުރަން ޖާގަ އަރުވާނަން. ބީލަމުގެ މަރުހަލާ ކުރިއަށް ގެންދެވޭނީ އިލެކްޓްރޮނިކް ބިޑިންގް ސިސްޓަމެއްގެ ތެރެއިން. އެނޫން ގޮތަކަށް ދެނެއް ޑޮމެއިންނެއް ނުވިއްކާނަން،" މިނިސްޓަރ އަމީން ވިދާޅުވިއެވެ. މި ޒަމާނަށް ފެތޭ ގޮތަށް އެހެން ގައުމުތަކުގައި ވެސް ޑޮމެއިން ބޭނުންކުރަމުންދާ ގޮތަށްކަން ފާހަގަކުރި އެވެ.  އެގޮތުން އަމީން ފާހަގަކުރެއްވީ، އަލަށް ޑޮމެއިން ވިއްކަންފަށާއިރު، ޑޮމެއިންގައި އަލްފަބެޓްގެ އަކުރުތައް ވެސް ހިމެނިދާނެ ކަމަށެވެ. "ގާނޫނީ ގޮތުން، ހަމައެކަނި ނަންބަރު ލައިގެން ޑޮމެއިން ވިއްކާކަށް ނުޖެހޭ. އޭގެ އިތުރަށް އަލްފަބެޓިކަލް އަކުރުތައް ވެސް ލެވިދާނެ. އަދި ހިސާބު އަކުރުތައް ވެސް ލެވިދާނެ،" ވިދާޅުވި އެވެ. އަދި އަލަށް ޑޮމެއިން ވިއްކަން ފަށާއިރު، އެކަން ކުރުމަށް ހަރުދަނާ ނިޒާމަކާއި، އަގުތައް ކަނޑައެޅި، މިނިސްޓްރީގެ މޭޒުދަށުން ވަކި ގޮތަކަށް، ވަކި އަގުތަކެއްގައި ޑޮމެއިން ވިއްކުން ނިމުމަކަށް ގެންނަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން މިހާރު ވަނީ، ޑޮމެއިން ވިއްކުމުގައި މިނިސްޓްރީއިން އަމަލުކުރާނެ ގޮތުގެ އުސޫލުތަކެއް އެކުލަވާލެވިފައިކަން އަމީން ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ