
ވެހިކަލް ޑޮމެއިންގައި ލޯބިވެރިޔާގެ ނަން ޖަހަން ބޭނުންތަ؟ މިިހާރު އެކަން ވާނެ!
ވެހިކަލް ޑޮމެއިންގައި ލޯބިވެރިޔާގެ ނަން ޖަހަން ބޭނުންތަ؟ މިިހާރު އެކަން ވާނެ!
ލިޔުން:
ޑޮމެއިން ނަންބަރު ބޯޑުތައް އަލުން ވިއްކަން ފަށާއިރު އެ ބޯޑުތަކުގައި އާއިލީ މީހެއް ނުވަތަ އަނބިމީހާ ނުވަތަ “ގާލްފްރެންޑް”ގެ ނަންވެސް ޖެހިދާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަމީން މިހެން ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީގެ އެންމެ ފަހުގެ މައުލޫމާތުތައް ހިއްސާ ކުރުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ނެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު ޑޮމެއިން ދޫކުރާ އުސޫލުން ހަމައެކަނި ނަންބަރު ބޭނުންކޮށްގެން ޑޮމެއިން ދޫކުރާކަނަށް ގާނޫނުން ލާޒިމެއް ނުކުރާ ކަމަށެވެ. އަދި އިނގިރޭސި އަކުރުތައްވެސް އެ ބޯޑުތަކުގައި ބޭނުން ކުރުމުގެ ފުރުސަތު އޮންނަކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ދެން ޑޮމެއިން ވިއްކާނީ ބިޑަށް ދޫކޮށްގެން ކަމަށާއި ބިޑިން ޕްރޮސެސް ކުރިއަށް ގެންދާނީ އިލެކްޓްރޯނިކް ބިޑިންގެ ތެރެއިންކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
