
އޭސީސީ އާއި އިލެކްޝަނަށް ރައީސާއި ނާއިބް ރައީސް އައްޔަންކުރާ ގޮތް ބަދަލުކުރާ ބިލު ކޮމިޓީއަށް
އޭސީސީ އާއި އިލެކްޝަނަށް ރައީސާއި ނާއިބް ރައީސް އައްޔަންކުރާ ގޮތް ބަދަލުކުރާ ބިލު ކޮމިޓީއަށް
ލިޔުން:
ރައީސުލްޖުމްހޫރިއްޔާއަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އިލެކްޝަންސް ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސް އައްޔަނު ކުރެވޭ ގޮތަށް ދެ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ބިލުގެ ބަހުސް ނިންމައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.
އޭސީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ފެލިދޫ ދާއިރާގެ މެންބަރު އާދަމް ޒާހިރެވެ. އަދި އީސީގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހުށަހެޅުއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފެވެ.
އެ ދެ ބިލުގެ ބަހުސް ނިންމާ މިއަދު ވޯޓަށް އަހާފައިވާއިރު އޭސީސީގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލު ކޮމިޓީއަށް ފޮނުވަން ފާސްކޮށްފައިވަނީ 60 މެންބަރުންގެ ވޯޓުންނެވެ. އަދި ބިލާ ދެކޮޅަށް ވޯޓު ދެއްވީ 5 މެންބަރެކެވެ.
އީސީގެ ގާނޫނަށް ގެންނަ އިސްލާހުގެ ބިލު ކޮމިޓީއަށް ފޮނުވާފައިވަނީ 60 މެންބަރުންގެ ވޯޓުން ކަމަށްވާއިރު ބިލާ ދެކޮޅަށް 6 މެންބަރަކު ވޯޓު ދެއްވި އެވެ.
އެއީ މުސްތަގިއްލު ކޮމިޝަންތަކުގެ ހިންގުން ހަރުދަނާކޮށް ކޮމިޝަންތަކަށް އައްޔަނުކުރާ މެމްބަރުންގެ ތެރެއިން އެ ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސްގެ މަގާމަށް މެމްބަރުން އައްޔަނުކުރުމުގައި އަމަލުކުރަމުން އަންނަ އުސޫލު އެއްހަމަ ކުރުމަަށްޓަކައި ގެންނަ އިސްލާހުތަކެއް ކަމަށް ދެ ބިލުގައި ވެސް ބުނެފައިވެ އެވެ.
ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ދަށުން އެ ދެ ކޮމިޝަންގެ ރައީސްއާއި ނައިބު ރައީސްއަށް އައްޔަނުކުރައްވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހެޅުއްވުމަށް ފަހު މަޖިލީހުގެ އަހުލަބިއްޔަތުން ފާސްކުރުމަށްފަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
