ޒިއޯން މޯބައިލްސްގެ ފިހާރައެއް ފަޅާލައި އެތަނުން ވައްކަން ކުރިކަމުގެ ތުހުމަތުގައި 47 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ އެ މައްސަލަ އާ ގުޅިގެން ހައްޔަރު ކޮށްފައި ވަނީ އަހުމަދު ހއ. މާރަންދޫ ފިނިރޯޅި އުމުރުން 47 އަހަރުހެ އަހްމަދު ނިޔާޒު، ކަމަށެވެ. އަދި އޭނާ ހައްޔަރުކޮށް އޭނާ ގެންގުޅުނު ދަބަހެއް ބަލައި ފާސްކުރިއިރު ޒިއޯން މޯބައިލްސް އިން ގެއްލުނު ކަމަށް ބެލެވޭ 9 ފޯނު އޭނާގެ ދަބަހުން ފެނިފައިވާ ކަމަށެވެ.
އެ ފިހާރައިގެ ބިއްލޫރި ތަޅާލައި ވައްކަން ކުރާ މަންޒަރު ފެންނަ ވީޑިއޯ ސޯޝަލްމީޑިއާގައި މިހާރު ވަނީ އާންމުވެފައިވާއިރު އެ ވީޑީއޯއިން ފެންނަ ގޮތުގައި އެވަގުތު އެމަންޒަރު ފެންނަ ގޮތަށް އެތައް ބަޔަކު އެ ފިހާރަ ހުރަސްކޮސްފައިވެއެވެ.







