
"ޤައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ނިންމަވައިފި
"ޤައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ނިންމަވައިފި
ލިޔުން:
"ޤައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
ނޮވެމްބަރ 4، 2024 ވަނަ ދުވަހު އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މިފަދައިން ނިންމަވާފައި ވަނީ ކުރެއްވި މަޝްވަރާތަކަށް ފަހު، އެ މަޖިލީހުގެ ލަފާފުޅާއެކުގައެވެ.
ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވަނީ އެގޮތަށް ރައީސުލް ޖުމްހޫރިއްޔާ ނިންމަވާފައިވަނީ ދިވެހިރާއްޖޭގައި ޤައުމީ ކުޅިވަރު ފަންޑެއް ގާއިމުކުރުމާ ގުޅޭ ގޮތުން، މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން ޢަބްދުﷲ ރާފިޢު ހުށަހެޅުއްވި ކެބިނެޓް ޕޭޕަރުގެ މައްޗަށް، އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާތަކުގެ އަލީގައި ކަމަށެވެ.
އެގޮތުން "ޤައުމީ ކުޅިވަރު ފަންޑު"ގެ ނަމުގައި ފަންޑެއް ގާއިމުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، ދިވެހި ކުޅުންތެރިންނާއި އެތުލީޓުން އިތުރުކޮށް، ކުޅިވަރު ކުރިއަރުވައި ތަރައްޤީކުރުމަށާއި، ދިވެހި ކުޅިވަރު ޖަމާޢަތް ނުވަތަ ކުޅިވަރު ޢާއިލާ ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ކަމަށެވެ..
އެހެންކަމުން ޤައުމީ ކުޅިވަރު ފަންޑު ގާއިމުކުރުމާ ގުޅޭގޮތުން، ޤާނޫނު ނަންބަރު 30/2015 (ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނު) އަށް ގެންނަވަންޖެހޭ ބަދަލުތައް ގެންނެވުމަށްޓަކައި، ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނަށް ގެނައުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް އިއްޔެ އޮތް އޮތް ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ވަނީ ނިންމަވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
