މާލެ: 31°C

ރާއްޖެއިން ތުރުކީއާއެކު ހެދި މިނިވަން ވިޔަފާރީގެ ސަބަބުން މަހުގެ ބާވަތްތަކަށް ލުއި ލިބޭނެ

November 5, 2024
2 ފަހަރު ބަލާފައި
ރާއްޖެއިން ތުރުކީއާއެކު ހެދި މިނިވަން ވިޔަފާރީގެ ސަބަބުން މަހުގެ ބާވަތްތަކަށް ލުއި ލިބޭނެ
ރާއްޖެއިން ތުރުކީއާއެކު ހެދި މިނިވަން ވިޔަފާރީގެ ސަބަބުން މަހުގެ ބާވަތްތަކަށް ލުއި ލިބޭނެ
ރާއްޖެއިން ތުރުކީއާއެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ. އިކޮޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އެއީ މިދިޔަ ނޮވެމްބަރު މަހު ރައީސް، ޑރ. މުހައްމަދު މުއިއްޒު ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް، ރަޖަބު ތައްޔިބު އުރުދުއާންއާ ބައްދަލުކުރައްވައި ދެ ގައުމުގެ ދެމެދު ގުޅުން ބަދަހި ކުރުމަށްޓަކައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރެއިން ސޮއިކުރެވުނު އެއްބަސްވުމެއް ކަމަށެވެ. ތުރުކީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރާއްޖޭގެ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި ތުރުކީގެ ފަރާތުން ސޮއިކުރެއްވީ ޓްރޭޑް މިނިސްޓަރު ޕްރޮފެސާ ޑރ. އޯމާ ބޮލަޓް އެވެ. ސޮއިކުރި މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ދަށުން ތުރުކީ ވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއިތައް ލިބި ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުންޏެވެ. އޭގެ އިތުރުން ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަވެ އަދި ވިޔަފާރިތައް ވެސް އިތުރުކުރެވި  ރާއްޖޭން މަސް އެކްސްޕޯޓްކުރާ ފަރާތްތަކަށް ތުރުކީގެ މާކެޓްގައި ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ