މާލެ: 31°C

މާލެ އާއި ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އަށް ޗައިނާގެ ޓީމެއް ރާއްޖެއަށް

November 5, 2024
2 ފަހަރު ބަލާފައި
މާލެ އާއި ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އަށް ޗައިނާގެ ޓީމެއް ރާއްޖެއަށް
މާލެ އާއި ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އަށް ޗައިނާގެ ޓީމެއް ރާއްޖެއަށް
މާލެ އާއި ވިލިމާލެ މަގު ހެދުމުގެ މަޝްރޫއުގެ ސާވޭ އަށް ޗައިނާގެ ޓީމެއް ރާއްޖެ އައިސްފި އެވެ. ކޮންސްޓްރަކްޝަން އެންޑް އިންފްރާންސްޓަރަކްޗާ މިނިސްޓްރިން އިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ދެ ފަރާތުގެ ބައިވެރިވުމާއެކު އިންޓްރޮޑަކްޓަރީ ސެޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ. ކޮންސްޓަރަކްޝަން މިނިސްޓްރީން ބުނީ އެ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތޮއާމް މުހައްމަދު ކަމަށެވެ. މީގެ އިތުރުން މިނިސްޓްރީން ބުނީ މާލެ އާއި ވިލިމާލޭގެ މަގުތަކުގެ ފީސިބިލިޓީ ސްޓަޑީ ހެދުމަށް ޗައިނާގެ ތަޖުރިބާކާރުންގެ ޓީމު ރާއްޖެ އައިސްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައި ކަމަށެވެ. އެކްސްޕާޓް ޓީމުން ސްޓޭކްހޯލްޑަރުންގެ ކޮންސަލްޓޭޝަން، ސައިޓް ސާވޭ އަދި ޑޭޓާ އެއްކުރުމުގެ މަސައްކަތް މިއަދުން ފެށިގެން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. ފީސިބިލިޓީ ސްޓަޑީވެގެންދާނީ ޗައިނާ އެއިޑްގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގ ޑިޒައިނާއި ޕްލޭނިން މަސައްކަތަކަށެވެ.

މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފީސިބިލިޓި ސްޓަޑީ ހެދުމުގެ "ލެޓާސް އޮފް އެކްސްޗޭންޖް" ގައި ޗައިނާއާއެކު ސޮއިކޮށްފައިވަނީ މިދިޔަ ޖުލައި މަހުގެ 23 ވަނަ ދުވަހުގަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރަސްމީ ދަތުރުފުޅުގެ ގޮތުގައި މި އަހަރުގެ ކުރީކޮޅު ޗައިނާއަށް ވަޑައިގެން މަޝްރޫއުތައް ހިންގުމަށް ޗައިނާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 130 މިލިއަން ޑޮލަރު ވަނީ ހަމަޖައްސަވައިފަ އެވެ. އަދި އެ ފައިސާއިން މާލެއާއި ވިލިމާލޭގެ މަގުތައް ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަން ކަނޑައަޅާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ