ގައުމީ ސަލާމަތާގުޅުންހުރި ކަންކަމަށްފު އެއްމެ އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ ސިޔާސަތައް: ރައީސް ޑރ.މުއިއްޒު

ގައުމީ ސަލާމަތާގުޅުންހުރި ކަންކަމަށްފު އެއްމެ އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ ސިޔާސަތައް: ރައީސް ޑރ.މުއިއްޒު
ލިޔުން:
ގައުމީ ސަލާމަތާގުޅުންހުރި ކަންކަމަށްފު އެއްމެ އިސްކަމެއް ދެއްވާނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދެއްވުމަށްކަމުގައި ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިއަދު ހެނދުނު ދަރުބާރުގެގައި ބޭއްވި ހިޔާވަހި ފައިނޭންސިންގ ސްކީމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވީ ބޯހިޔާ ވަހިކަމުގެ މައްސަލަ ހައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 2.5 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާނެ ކަމަށާއި، އަންނަ އަހަރުގެ ބަޖެޓަކީ ބޯހިޔާވަހިކަމުގެ ބަޖެޓެއް ކަމަށާއި، އެމަނިކުފާނުގެ އަމާޒަކީ ބޯހިޔާވަހިކަމަށް އިސްކަންދޭ ތަރުތީބުން ހުރިހާކަމެއްވެސް ކުރެއްވުމަށް ކަމަށެވެ.
އެމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ ގައުމީ ސަލާމަތަށްފަހު އެއްމެ އިސްކަމެއްދެއްވާނީ ބޯހިޔާވަހިކަމަށް ކަމަށާއި އެމަނިކުފާނު ބެނުންވަނީ ގެދޮރުވެރިކަން އެއްމެ މަތީގައި އޮތުންކަމަށާއި އެ ސިޔާސަތަކީ ދެގޮތެއް ނުވާނެ ސިޔާސަތެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ 2.5 ބިލިއަން ރުފިޔާގެ ތެރެއިން 1.5 ބިލިޔަން ރުފިޔާއިން ކަނޑައެޅޭ ރަށްތަކެއްގައި ގެ އަޅައި ބޯހިޔާވަހިކަން ފޯރުކޮސްދެއްވާނެ ކަމަށާއި އަދި 1 ބިލިއަން ރުފިޔާ އިން ގެދޮރު އަމިއްލައަށް ހަދަން ބޭނުންވާ ފަރާތްތަކަށް ލޯނު ދޫކުރަން މާދަމާއިން ފެށިގެން ހުޅުވާލަން ހަމަޖެހިފައިވާ ކަމަށެވެ.
އަދި އެ ސިޔާސަތު ކޮންމެ އަހަރަކުވެސް ދަމަހައްޓަވާނެކަން ހާމަކުރައްވައި ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅާއި ހުޅުމާލެއިން ގޯތި ލިބުނު ފަރާތްތަކަށް ވެސް ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށްް އެ ގޯތިތަކުގައި އިމާރާތްކޮސްދިނުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށްވެސް ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. އަދި އެ ޖަލްސާގައި އެމަނިކުފާނުވަނީ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލު ހޯއްދަވައިދެއްވުމަށް އެމަނިކުފާނުކުރާ މަސައްކަތް ކާމިޔާބުކޮށް މި ދައުރު ނިމޭއިރު މުޅި ރާއްޖޭގެ ބޯހިޔާވަހިކަމުގެ ހުރިހާ މައްސަލައެއް ހައްލުވެގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
