
ސިފައިންނަކީ ސްޓްރެޓެޖިކް މަސައްކަތްތަކެއް ކުރާބައެއް، އެތަނަށް ނަގަންވާނީ އެމަސައްކަތައް ގާބިލް މީހުން: ރައީސް ޔާމިން
ސިފައިންނަކީ ސްޓްރެޓެޖިކް މަސައްކަތްތަކެއް ކުރާބައެއް، އެތަނަށް ނަގަންވާނީ އެމަސައްކަތައް ގާބިލް މީހުން: ރައީސް ޔާމިން
ލިޔުން:
ސިފައިންނަކީ އަބަދު ނިކުމެ މަގުމަތީގައި އުޅެން ނަގާ ބައެއް ނޫންކަމަށާއި، އެ މީހުންނަކީ އެއަށްވުރެ މާ ސްޓްރެޓެޖިކް މަސައްކަތްތަކެއް ކުރާބައެއް ކަމަށާއި، އެހެންކަމުން ސިފައިންގެ ވަޒީފާއަށް ނަގަންވާނީ އެމަސައްކަތައް ގާބިލް މީހުންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ޕީއެންއެފް އިންސިލްސިލާކޮށް ބާއްވަމުން އަންނަ ފްރޮންޓް އޮފީސް ޖަލްސާގައި ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ސިފައިންގެ ވަޒީފާއާއި ޕުލުހުންގެ ވަޒީފާއަށް އަށް ނަގަން ޖެހޭނީ ނަތީޖާ ދަށް ފަރާތްތަކެއް ނޫން ކަމަށާއި އެއީ ރާއްޖޭގެ އެންމެ ވަރުގަދަ ދެ މުއައްސަސާ ކަމަށްވާއިރު އެ ތަންތަނަށް ވަންނާނެ ގާބިލު މީހުން ވާ ކަމަށެވެ. ފުލުހުންގެ ވަޒީފާއަށް މީހުން ކުރާ ކަމަކީ އެ މުވައްސަސާތަކުން ފޮޅާ ސާފުކުރުން ނޫން ކަމަށާއި، އެ މުވައްސަސާތަކަކީ ސްޓްރެޓެޖިކް މަސައްކަތްތަކެއް ކުރާ މުވައްސަސާތަކަކަށް ވާއިރު އެ މުވައްސަސާތަކަށް ވައްދަންވާނީ އިލްމީ ގޮތުންވެސް ގާބިލް ފަރާތްތަކެއް ކަމަށް ވިދާޅުވިއެވެ.
ރައީސް ޔާމީން އެގޮތަށް ވިދާޅުވެފައިވަނީ ރައީސް ޑރ.މުއިއްޒު ނަސްރުގެ ދުވަހުގެ ރައްސްމީ ޖަލްސާގައި އިއުލާނުކުރައްވާފައިވާ ގައުމީ ޚިދުމަތުގެ ޕްރޮގްރާމް (ނޭޝަނަލް ސާވިސް) ޕްރޮގްރާމަށް 16 އަހަރުން މަތީގެ ކުދިންގެ ތެރެއިން އިތުރަށް ތައުލީމު ހާސިލުކުރަމުންނ ުދާ ކުދިން ބައިވެރިވުން ގާނޫނަކުން ލާޒިމް ކޮށް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ސިފައިނެގެ ވަޒީފާއަށް 4000 ކުދިންނާއި ފުލުހުންގެ ވަޒީފާއަށް 1000 ކުދިން ނަގާނެކަމަށް ވިދާޅުވެފައި ވަނިކޮށެވެ.
އެކަމަށް އިޝާރާތްކުރައްވައި ރައީސް ޔާމީން ވިދާޅުވެފައިވަނީ ރައީސް ޑރ.މުއިއްޒު އެ ވިދާޅުވާ އަދަދަށް އެ މުވައްސަސާތަކަށް މީހުން ބޭނުންވާކަމަށް އެމުވައްސަސާތަކުންވެސް ބުނެފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
