މާލެ: 31°C

ހިޔާވަހި ފައިނޭންސިންގ ސްކީމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވައިފި

ހިޔާވަހި ފައިނޭންސިންގ ސްކީމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވައިފި
November 5, 2024
2 ފަހަރު ބަލާފައި
ހިޔާވަހި ފައިނޭންސިންގ ސްކީމް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހުކޮށްދެއްވައިފި
ހިޔާވަހި ފައިނޭންސިންގ ސްކީމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު މިއަދު އިފްތިތާހްކޮށްދެއްވައިފިއެވެ. ދަރުބާރުގޭގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ހިޔާވަހި ފައިނޭންސިންގ ސްކީމް އިފްތިތާހު ކޮށްދެއްވުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ބޯހިޔާވަހިކަން ގާއިމް ކުރުމަށްޓަކައި ރާއްޖޭގެ ކޮންމެ ރަށަކުން ވެސް އެ ލޯނު ސްކީމުގައި ބައިވެރިވުމަށް އެދެވޭނެ ކަމަށާއި، އެ ސްކީމުން ގެދޮރު އިމާރާތްކުރުމަށާއި ގެދޮރު މަރާމާތު ކުރުމަށްވެސް ލޯނު ހަމަޖެހިގެން ދާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެ ލޯނު ސްކީމަކީ 5 އިންސައްތައަށްވުރެ އިންޓަރެސްޓްރޭޓް މަތި ނުވާގޮތަށް ފަރުމާކޮށްފައިވާ ލޯނު ސްކީމެއް ކަމަށާއި 2025 ވަނަ އަހަރަށް އެ ސްކީމުން ލޯނު ދޫކުރުމަށްޓަކއި 1 ބިލިޔަން ރުފިޔާ ކަނޑައަޅާފައިވާނެކަމަށެވެ. އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެ ލޯނު ސްކީމު ހިންގުމަށް ހަމަޖެހިފައިވަނީ 3 ބޭންކެއް މެދުވެރިކޮށް ކަމަށާއި އެގޮތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން އާއި، ބޭންކްއޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކު ބޭންކުން އެ ލޯނު ހަމަޖެހިގެން ދާނެ ކަމަށެވެ. ލޯނު ދޫކުރުމުގައި 3 ކެޓަގަރީއަކަށް ރަށްތައް ބަހާލައި ގެޒެޓް ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެގޮތުން މާލެއަށް ގެދޮރު އިމާރާތްކުރުމަށް 6 މިލިއަން ލޯނުގެ ގޮތުގައި ގެއެއް އިމާރާތްކުރުމަށް ދޫކުރުމަށް ހަމަޖެހިފައިވާއިރު އާބަންސެންޓަރެއްގެ ގޮތުގައި ލިސްޓް ކުރެވޭ ރަށްތަކަށް 3 މިލިއަން ރުފިޔާ ގެއެއް އިމާރާތްކުރުމަށް ދޫކުރަން ހަމަޖެހިފައިވާކަމަށާއި އަދި އެނޫން ރަށް ތަކުގައި ގެ އެއް އިމާރާތްކުރުމަށް 1 މިލިއަން ރުފިޔާގެ ލޯނު ދޫކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ލޫނު ދޫކުރުމުގައި މާލޭގައި ގިނަ ބެހެނިވެރިންގެ ނަމުގައި އޮންނަ ގޯތި ތައް ހެދުމަށް 6 މިލިއަނާއި 10 މިލިއަނާ ދެމެދުގެ އަދަދެއް ދެއްވަންވެސް ހަމަޖެހިފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ލޯނު ސްކީމަށް ސަރުކާރު ބަޖެޓް ގައި 1 ބިލިއަން ރުފިޔާ ހަމަޖެހިފައިވީނަމަވެސް އަހަރުގެ ތެރޭގައި އެ ސްކީމުން 2 ބިލިއަން ރުފިޔާގެ ލޯނު ލިބިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ކޮންމެ އަހަރަކުވެސް ލޯނު ސްކީމަށް ދައުލަތުގެ ބަޖެޓުން 1 ބިލިއަށް ރުފިޔާ ކަނޑައަޅުއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އެ ޖަލްސާގައި ރައީސް ވާހަކަފުޅުދައްކަވަމުން ވިދާޅުވީ މާދަމާ ލޯނު ސްކީމަށް ހުސަހެޅުމަށް ޕޯޓަލް ހުޅުވާލުމަށް ހަމަޖެހިފައިވާނެ ކަމަށާއި ށަރުތަތައްވެސް މާދަމާ ގެޒެޓް ކުރަން ހަމަޖެހިފައިވާ ކަމަށާއި އެމަނިކުފާނުގެ އަމާޒަކީ މި ދައުރު ނިމޭއިރު ބޯހިޔާވަހިކަމުގެ މައްސަލައެއް ކުރިމަތިވެފައި ހުރި އެކަކުވެސް ނެތްކަން ޔަގީން ކުރުން ކަމަށާއި ގައުމީ ސަލާމަތައްފަހު އެމަނިކުފާނު އެއްމެ އިސްކަމެއް ދެއްވާނެ ކަމަކީ ބޯހިޔާވަހިކަމުގެ މމައްސަލަ ހައްލުކޮށްދެއްވުން ކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ