މާލެ: 31°C

ހީނާ ވިދާޅުވެދެއްވީ އާސަންދަ ނަހަމަ ގޮތުގައި ބޭނުންކުރާ ގޮތް އެންމެ ބިލަކުން

ހީނާ ވިދާޅުވެދެއްވީ އާސަންދަ ނަހަމަ ގޮތުގައި ބޭނުންކުރާ ގޮތް އެންމެ ބިލަކުން
November 4, 2024
2 ފަހަރު ބަލާފައި
ހީނާ ވިދާޅުވެދެއްވީ އާސަންދަ ނަހަމަ ގޮތުގައި ބޭނުންކުރާ ގޮތް އެންމެ ބިލަކުން
ގާތްގަނޑަށް 7000 ރުފިޔާ  އަށް ލިބޭ އިންޖެކްޝަނަކުން 23000 ރުފިޔާ އާސަންދައަށް ބިލްކުރި މައްސަލައެއް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ސީއީއޯ އަދި ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ތިލަކޮށްދީފި އެވެ. ސޯޝަލް މީޑިއާގައި ހީނާ މިއަދު ވަނީ އިންޖެކްޝަންއާ ގުޅޭ ގޮތުން ދައުރުވަމުންދާ ޕޯސްޓަކާއި ގުޅިގެން ސްޓޭޓްސް އެއް ލިޔެފަ އެވެ. ދައުރުވަމުންދާ ޕޯސްޓްގައި މީހަކު ބުނީ އޭނާގެ މަންމަ 2011 ވަނަ އަހަރުން ފެށިގެން އެ އިންޖެކްޝަން ޖަހަމުން އަންނަނީ އާސަންދަ މެދުވެރިކޮށް ނަމަވެސް މި އަހަރު އެ އިންޖެކްޝަނަށް 24,000 ރުފިޔާ ދައްކަން ޖެހުނު ކަމަށެވެ. އެ ޕޯސްޓުގައި އައިކެއާ އޮޕްޓިކަލްގެ ކޯޓޭޝަންގެ ފޮޓޯއެއް ހިއްސާކޮށްފައިވެ އެވެ. ހީނާ ވިދާޅުވީ ފޮޓޯގައިވާ މެސެޖުގެ ހަގީގަތް ރައްޔިތުންނަށް އެނގުން މުހިއްމު ކަމަށާއި އެއީ އާސަންދައިން ވިޔަފާރިކޮށް ނާޖާއިޒު ބޮޑެތި ފައިދާ ނަގައި އުސޫލުތަކުން ބޭރުން ކަންކުރުމުގެ ލާމަސީލު މިސާލެއް ކަމަށެވެ. "ލޫސެންޓިސް އިންޖެކްޝަން" ނަމަކަށް ކިޔާ އިންޖެކްޝަނަކީ އެންމެ ހަރަދު ބޮޑު އެއް ބޭސް ކަން ފާހަގަކުރަމުން ހީނާ ވިދާޅުވީ ބޭސް ގަންނަ އަގު ހޯދުމަށް އައިކެއާގައި އެދުމުން ފޮނުވި އިންވޮއިސްތަކުން ބޭސް ގަންނަން ލިބޭ އަގަށްވުރެ ބޮޑުތަނުން ބޮޑުކޮށް އާސަންދައަށް ބިލްކޮށްފައިވާކަން ހާމަވެފައިވާ ކަމަށެވެ. "މިގޮތުން 500 ޑޮލަރަށް މި ބޭސް ގެނެސް 23000 (ތޭވީސްހާސް) ރުފިޔާ އަށް އާސަންދަ އަށް ބިލްކޮށްފައިވޭ. މިއީ އަށާރަ ރުފިޔާގެ ރޭޓުން ޑޮލަރު ބެލިކަމުގައިވިޔަސް، އެންމެ އިންޖިކްޝަނަކުން 14،000 (ސާދަހާސް) ރުފިޔާގެ ފައިދާއެއް" ހީނާ ވިދާޅުވީ އެ ބޭސް ރާއްޖެ އެތެރެކުރަން ރަޖިސްޓްރީކޮށްފައިވަނީ މުޅިން އެހެން ކުންފުންޏަކުން ނަމަވެސް އެ ކުންފުނިން އެއްވެސް ވަރަކަށް އެ ބޭސް އެތެރެކޮށްފައިނުވާ ކަމަށެވެ. އަދި އައިކެއާއިން ބޭސްވިއްކާފައިވަނީ ބޭސް އެތެރެ ކުރުމަށް ރަޖިސްޓަރީނުކޮށް, ޕްރިސްކްރިޕްޝަން އަށް ކަމަށް ހީނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ