
ރަޝިއާ ކޯޓަކުން ދުނިޔޭގެ ޖުމްލަ ޖީޑީޕީ އަށްވުރެ ބޮޑު އަދަދަކުން ގޫގޫލް ޖޫރިމަނާ ކޮށްފި
ރަޝިއާ ކޯޓަކުން ދުނިޔޭގެ ޖުމްލަ ޖީޑީޕީ އަށްވުރެ ބޮޑު އަދަދަކުން ގޫގޫލް ޖޫރިމަނާ ކޮށްފި
ލިޔުން:
ރަޝިއާ އިން ދުނިޔޭގެ ޖުމްލަ ޖީޑީޕީ އަށްވުރެ ބޮޑު އަދަދަކުން (2،000،000،000،000،000،000،000،000،000،000،000،000) ގޫގޫލް ޖޫރިމަނާ ކޮށްފިއެވެ.
އާރްބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި ގޫގުލް އާއި ދެކޮޅަށް އެއްމެ ފުރަތަމަ މައްސަލަ ހުށަހެޅީ 2020 ވަނަ އަހަރު އެމެރިކާގެ ދަތިކުރުމުގެ ގާނޫނުތަކުގެ ސަބަބުން ސާގްރާޑް ޓީވީ ޗެނަލާއި އާރްއައިއޭ ފާންގެ ޔޫޓިއުބް އެކައުންޓްތައް ބްލޮކް ކުރުމުންނެވެ. އެއަށްފަހު ޔުކްރެއިން ހަނގުރާމަ ފެށުނު ފަހުން ޔޫޓިއުބުން ސްޕަޓްނިކް އާއި އާރްޓީ ފަދަ ކުންފުނިތަކުގެ ޔޫޓިއުބް އެކައުންޓްތައް ބްލޮކް ކުރުމުން ރަޝިއާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އެމައްސަލާގެ ތެރެއަށް ވަދެފައެވެ.
ޔޫޓިއުބުން ސަރުކާރު އަދި ސަރުކާރަށް ތާއީދުކުރާ އެކައުންޓްތައް ބްލޮކް ކުރުމުން ރަޝިއާގެ ކޯޓުން ވަނީ ގޫގުލް ކުންފުނި ވަނީ 2 އަންޑިސިލިއަން ރޫބަލް އިން ޖޫރިމަނާކޮށްފަ އެވެ. އަންޑިސިލިއަނަކީ ޓްރިލިއަން ގުނަ ޓްރިލިއަން ގުނަ ޓްރިލިއަން ގުނަ އެވެ. މިއީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑުން އަންދާޒާކުރާ ދުނިޔޭގެ ޖުމްލަ ޖީޑީޕީއަށް ވުރެވެސް މާ ބޮޑު ޖޫރިމަނާއެކެވެ. ޔޫޓިއުބް ހިންގާ ގޫގުލް ކުންފުނީގެ ހިއްސާގެ ބާޒާރުގެ އަގު މިހާރު އުޅެނީ 2.16 ޓްރިލިއަން ޑޮލަރުގައެވެ.
ހުކުމުގައިވާގޮތައް 9 މަސް ދުވަހުގެ ތެރޭގައި ފައިސާ ނުދައްކައިފި ނަމަ ކޮންމެ ދުވަހަކު އެ އަދަދު 2 ގުނަ ވާނެކަމަށް ދައުލަތުގެ ނޫސް އެޖެންސީ ޓަސް އިން ބުނެފައިވެއެވެ.
ރަޝިއާގެ އާރްބީސީ ނިއުސް އިން ބުނި ގޮތުގައި ހުކުމުގައި ފައިސާގެ އަދަދު އިތުރުވެފައި ވަނީ ރަޝިއާގެ 17 ޓީވީ ޗެނަލެއްގެ ޔޫޓިއުބް އެކައުންޓްތައް ގޫގުލް އިން އަލުން އިއާދަ ކޮށްފައި ނުވާތީ އެވެ. ރިޕޯޓްތައް ބުނާ ގޮތުން ގޫގުލް އަށް ރަޝިއާގެ މާކެޓަށް އެނބުރި ދެވޭނީ ކޯޓުގެ ނިންމުމާ އެއްގޮތަށް އަމަލުކުރުމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
