"ދިވެހިރާއްޖޭގެ ގައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ގޮތުގައި ނޭޝަނަލް ސާވިސް ގެ ގޮތުގައި މިއަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގޭ ގައުމީ ޕްރޮގްރާމެއް އިރާދަކުރެއްވިއްޔާ ފެށިގެން ދާނެ، މި ޕްރޮގްރާމް ވެގެންދާނީ މި ނެޝަންލް ސާވިސް އަކީ ގާނޫނެއް ހެދިގެން އެ ގާނޫނުން ބާރު ލިބިގެން އުމުރުން 16 ވެގެން އޯލެވެލް ނިންމާފަ، ނޫނީ ތައުލީމު ހާސިލް ކުރެވުނު ހިސާބަކުން ދެން މައްޗަށް ދިއުމުގެ ފުރުސަތު ނުލިބޭ ކުދިންނަށް އަދި ވަޒީފާއެއްވެސް ނުލިބޭ ކުދިން ޕްރޮގްރާމުގައި ބައިވެރިވާންޖެހޭނެ، ބައިވެރިވެގެން މިލިޓަރީ ތަމްރީނު ހޯދަން ޖެހޭނެ، އެއަށްފަހު ސިފައިންގެ އޮފިސަރަކަށް ނޫނީ ފުލުހުންގެ ތަމްރީން ހޯދައިގެން ފުލުހުންގެ އޮފިސަރަކަށް ބަދަލުވާނެ، އެހެންވީމާ މި ޕްރޮގްރާމް ލޯންޗްކުރަން އަޅުގަނޑު ގަސްތުކުރާވާހަކަ އިޢުލާނު ކުރަން"ރައީސްގެ ވާހަކފުޅުގައި ފާހަގަ ކުރެެއްވީ އަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކުވެސް އޯލެވެލް ސަނަދު ފުރިހަމަ ކުރުމަށްފަހު އެއަށްވުރެ މަތީ ފާހަކަށް ނުކިޔެވި، ނުވަތަ ވަޒީފާއެއް ނެތިފައި ތިބުމަށް 500 އާއި 1000 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް މަޖުބޫރުވާ ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ސަބަބުން އެކަން ބަދަލުވެގެންދާނެ ކަމަށެވެ. އެއާއެކު ސިފައިންގެއަށް 4،000 އޮފިސަރުން އަދި ފުލުހުންގެ ހިދުމަތަށް 1،000 އޮފިސަރުން އިތުރުވެގެންދާނެ ކަމަށާއި އެ ޕްރޮގްރާމް ހިންގުމަށް އަންނަ އަހަރުގެ ބަޖެޓުން 400 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށާއި އަދި ކޮންމެ އަހަރަކު އިތުރު 400 މިލިއަން ރުފިޔާ އެ ޕްރޮގްރާމަށް އިތުރު ކުރެވޭނެ ކަމައެވެ.
16 އަހަރުވުމަށްފަހު އިތުރަށް ތައުލީމު ހާސިލް ނުކުރާ ކުދިން ސިފައިން ނުވަތަ ފުލުހުންގެ ޚިދުމަތާ ގުޅެން ލާޒިމް ވާގޮތަށް ނޭޝަނަލް ސާވިސް ޕްރޮގްރާމެއް އަންނަ އަހަރު ފަށަނީ

16 އަހަރުވުމަށްފަހު އިތުރަށް ތައުލީމު ހާސިލް ނުކުރާ ކުދިން ސިފައިން ނުވަތަ ފުލުހުންގެ ޚިދުމަތާ ގުޅެން ލާޒިމް ވާގޮތަށް ނޭޝަނަލް ސާވިސް ޕްރޮގްރާމެއް އަންނަ އަހަރު ފަށަނީ
ލިޔުން:
އުމުރުން 16 އަހަރުވުމަށްފަހު އިތުރަށް ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ނުލިބޭ، އަދި ވަޒީފާއެއް ނުލިބޭ ކުދިންންނަށް ސިފައިންނާ ފުލުންގެ މުވައްސަސާތަކާ ގުޅެން ލާޒިމް ކުރާ ގޮތަށް އަންނަ އަހަރުން ފެށިގެން ނޭޝަނަލް ސާވިސް ޕްރޮގްރާމެއް ހިންގަން ފަށާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ،މުޙައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ތަސައްވަރާ އެއްގޮތަށް ސިފައިންގެ މުވައްސަސާ ކުރިއެރުވެން އޮތީ އަހަރަކު 1000 މީހުން އެ މުވައްސަސާއާއި ގުޅިގެން ކަމަށާއި އަދި އެ އަދަދަށް މީހުން ނުލިބޭ ކަމަށާއި ، ހަމަ އެފަދައިން އެމަނިކުފާނުގެ ތަސައްވަރާ އެއްގޮތަށް ފުލުހުންގެ މުވައްސަސާ ފުޅާކުރާނަމަ ކުރިއަށް އޮތް 4 އަހަރުގެ ތެރޭގައި އިތުރު 1000 ފުލުހުން ތަމްރީނު ކުރަން ޖެހޭކަމަށާއި، އެހެންކަމުން ކުރިއަށް އޮތް 4 އަހަރުދުވަހުގެ ތެރޭގައި 5000 މީހުން އެ މުވައްސަސާ ތަކަށް ރެކުރޫޓްކުރަން ބޭނުންވާކަމަށާއި އެގޮތުން އުމުރުން 16 އަހަރު ވުމަށްފަހު އިތުރަށް ތައުލީމު ހާސިލްނުކުރާ އަދި ވަޒީފާއެއް އަދާނުކުރާ ކުދިން ބައިވެރިވާންޖެހޭ ގޮތަށް ގާނޫނީ ބާރު ލިބިދޭ "ގައުމީ ޚިދުމުތަގެ ޕްރޮގްރާމް" ނުވަތަ ނޭޝަނަލް ސާވިސް ޕްރޮގްރާމުގެ ނަމުގައި ޕްރޮގްރާމެއް އަންނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހިންގާނެ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
