
މޯލްޑިވްސް އެކްސްޕޯ 2025 އާއި ގުޅޭ މައުލޫމާތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ރީޖަނަލް ސެންޓަރ ތަކާ ހިއްސާކޮށްފި
މޯލްޑިވްސް އެކްސްޕޯ 2025 އާއި ގުޅޭ މައުލޫމާތު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުގެ ރީޖަނަލް ސެންޓަރ ތަކާ ހިއްސާކޮށްފި
ލިޔުން:
އަންނަ އަހަރު ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން އިންތިޒާމްކޮސްގެން ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 (މޯލްޑިވްސް އެކްސްޕޯ 2025) އާ ގުޅޭ މައުލޫމާތު އެ ކޯޕަރޭޝަނުގެ ރީޖަނަލް ސެންޓަރ ތަކާ ހިއްސާކުރުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމް ކޮށްފައިވާ އެ ކޯޕަރޭޝަނުގެ 13 ސެންޓަރުގެ ވެރިންނާއި މުވައްޒަފުންނަށް ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 (މޯލްޑިވްސް އެކްސްޕޯ 2025) އާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އޭގެ ތެރޭގައި މައުރަޒަށް ތަކެތި ތައްޔާރުކުރުމާއި މައުރަޒުގައި ބައިވެރިވެނޭނެ ގޮތަތަކާއި ބައިވެރިވެވޭނެ ދާއިރާތަކާ ގުޅޭ މައުލޫމާތާއި އަދި މައުރަޒުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ރީޖަނަލް ސެންޓަރުތަކުން އެހީތެރިވެދެވިދާނެ ގޮތަކާ ގުޅޭގޮތުން ވަނީ މައުލޫމާތު ދެއްވާފައެވެ.
ރާއްޖޭގައި ތަކެތި އުފައްދާ ފަރާތްތަކަށް އެތަކެތި ޕްރޮމޯޓްކޮށް ހިތްވަރު ދިނުމުގެ ގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ މައުރަޒު އޮންނާނީ އަންނަ އަހަރުގެ މެއި މަހުގެ 23 އިން 31 އަށެވެ. އެ މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
