މާލެ: 31°C

ހަތިޔާރާއެކު ޖުމްހޫރީ މައިދާނުގައި ސިފައިން ކުރިއަށް ގެންދިޔަ ހަރަކާތް ރައީސް ބައްލަވާލައްވައިފި

ހަތިޔާރާއެކު ޖުމްހޫރީ މައިދާނުގައި ސިފައިން ކުރިއަށް ގެންދިޔަ ހަރަކާތް ރައީސް ބައްލަވާލައްވައިފި
November 3, 2024
2 ފަހަރު ބަލާފައި
ހަތިޔާރާއެކު ޖުމްހޫރީ މައިދާނުގައި ސިފައިން ކުރިއަށް ގެންދިޔަ ހަރަކާތް ރައީސް ބައްލަވާލައްވައިފި

ހަތިޔާރާއެކު ޖުމްހޫރީ މައިދާނުގައި ސިފައިން މިއަދު ކުރިއަށް ގެންދިޔަ، ދިވެހި ސިފައިންގެ އަސްކަރީ ހުށަހެޅުން ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފިއެވެ.

ސިފައިންގެ އަސްކަރީ ހަރަކާތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޖުމްހުރީ މައިދާނަށް ވަޑައިގެންނެވުމުން ވަނީ ރިޔާސީ ކުރުނީހެއް އަރުވާފައެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާޙިމް ޙިލްމީއާއި ދިފާޢީ ވަޒީރު ޣައްސާން މަޢުމޫނުގެ އިތުރުން ވަޒީރުންނާއި ދަޢުލަތުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ގިނަ ޢަދަދަކަށް ޢާއްމު ރައްޔިތުންވެސް ބައިވެރިވިއެވެ.

ސިފައިންގެ އަސްކަރީ ހުށައެޅުމުގައި ވަނީ ޤައުމުގެ ދިފާޢުގައި ދިވެހި ސިފައިންގެ ޚިދުމަތުގައި ޤާއިމުކޮށްފައިވާ އެކި ވިންގުތަކުގެ އޮޕަރޭޝަންތައް ދައްކާލާފައެވެ. ރެކޯޑްކޮށްފައިވާ މައްޒަރުތައް އަދި ޖުމްހޫރީމައިދާނުގައި ވަގުތުން ގެނެސްދިން މަންޒަރުތަކުގައި ވަނީ، ނިރުބަވެރި ޙާމަލާއެއް ދިވެހި ސިފައިންގެ ޚިދުމަތުުން ރޫޅާލުމުގެ އޮޕަރޭޝަނެއް ރާވާ ކުރިއަށްގެންދާނެ ގޮތް ގެނެސްދީފައެވެ.ކޯސްޓް ގަރޑް، މެރިން ކޯޕްސް، އެއަރ ކޯޕްސް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ސްޕެޝަލް ފޯސަސްގެ ދަޢުރު މި އޮޕަރޭޝަންގައި ވަނީ ދައްކުވައިދީފައެވެ. އެގޮތުން އުޕަރޭޝަންގެ ރޭވުންތެރިކަމާއި އެކަމުގައި ބޭނުންކުރާ އުކުޅުތަކާއި ސިފައިގެ ވަސީލަތްތައް ބޭނުންކުރާނެ ގޮތްތައް ދައްކާލިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ