
ވިލިމާލޭގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް
ވިލިމާލޭގައި ފުލުހުންގެ ވޯކް އެންޑް ޓޯކް ހަރަކާތެއް
ލިޔުން:
ވިލިމާލޭގައި ވޯކް އެންޑް ޓޯކް ހަރަކާތެއް ފުލުހުން ކުރިއަށް ގެންގޮސްފިއެވެ.
ރައްޔިތުންނާއި ގާތުން ޚިދުމަތްދިނުމަށާއި ފުލުހުންނާއި ރައްޔިތުންނާ އޮންނަ ގާތްކަން އިތުރުކޮށް ފުލުހުންނަށްކުރާ އިތުބާރު ދެމެހެއްޓުމަށް، ނޮވެމްބަރު 2 ވަނަ ދުވަހުގެ ހަވީރު ކުރިއަށް ގެންދިޔަ މި ހަރަކާތުގައި މާލެ ޕޮލިސް ކޮމާންޑުގެ އިސްވެރިންނާއި ވިލިމާލޭގައި މަސައްކަތްކުރާ ފުލުހުން ބައިވެރިވިއެވެ
މި ހަރަކާތުގެ ތެރެއިން، މިހާރު އެންމެ ގިނައިން ހިންގަމުންދާ ސްކޭމްގެ މައުލޫމާތު ހިއްސާކޮށް ރައްކާތެރިވާންވީ ކަންކަން ބުނެދީފައިވެއެވެ. އަދި މީސްމީޑިއާ މެދުވެރިކޮށް ހިންގާ ސްކޭމްތަކަށް ސަމާލުވެ ރައްކާތެރިވުމަށާއި ޒާތީ މައުލޫމާތާއި ބެންކު އެކައުންޓުގެ މައުލޫމާތު ފަދަ މުހިންމު މައުލޫމާތު އެހެން މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.
މި ވޯކް އެންޑް ޓޯކްގެ ބޭނުމަކީ ވިލިމާލޭގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް އަޑުއަހައި ވިލިމާލޭގައި ފުލުހުންގެ ފަރާތުން ރަނގަޅުކުރަން ހުރި ކަންކަމަކީ ކޮބައިކަން ދެނެގަތުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
