ވަޒީރު މިހެން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.
އިއްޔެ ކުރެއްވި ޕޯސްޓުގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމާއި، ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަކީ ރަޢީސުލްޖުމްހޫރިއްޔާގެ މުހިންމު ސިޔާސަތެއް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު ވިދާޅުވެފައި ވެއެވެ.އެ ޕޯސްޓްގައި ވަޒީރު ވިދާޅުވެފައި ވަނީ 160 އަށް ވުރެ ގިނަ ކައުންސިލާ ބައްދަލުކުރައްވާ ކައުންސިލްތަކުގެ އަޑު އެއްސެވި ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަކީ ޑރ. މުޙައްމަދު މުޢިއްޒު ކަމުގަ އެވެ. އަދި ހަމައެހެންމެ ކުރިއަށް އޮތް ދެ އަހަރުތެރޭ 120 އަށް ވުރެ ގިނަ ކައުންސިލް އިދާރާ އަޅުއްވާނެ ކަމަށް ވެސް ވަޒީރު އާދަމް ޝަރީފު ޢުމަރު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.







