
އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭ މިއަދު ހަވީރު
އެމްއެންޑީއެފްގެ މިލިޓަރީ ޑިސްޕްލޭ މިއަދު ހަވީރު
ލިޔުން:
ނަޞްރުގެ ދުވަސް ފާހަގަކުރުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ބާއްވާ މިލިޓަރީ ޑިސްޕްލޭ މިއަދު ހަވީރު އޮންނާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އާއްމުންނަށް ހުޅުވާލައިގެން ބާއްވާ ޚާއްޞަ މިލިޓަރީ ޑިސްޕްލޭ އޮންނާނީ މިއަދު ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައެވެ.
މި މިލިޓަރީ ޑިސްޕްލޭގައި އެމްއެންޑީއެފުން ގެންގުޅޭ އެކި އުޅަނދުތަކާއި ބަޑިތައް ދައްކާލާނެއެވެ.
ނަޞްރުގެ ދުވަހުގެ ރަސްމީ ހަރަކާތްތައް މިއަދު ފެށީ ސިފައިން އެއް ޖަމާޢަތެއްގައި ކުރި ފަތިސްނަމާދުންނެވެ.
ނަޞްރުގެ ދުވަސް ފާހަގަކުރަމުން އަންނައިރު 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ނުރައްކާތެރި ޙާދިޘާއެވެ.
ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި، އާންމު ރައްޔިތުންގެ ތެރެއިން 11 މީހަކު ޝަހީދުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
