"ސްކީލާން" ޑޮކިއުމެންޓްރީއަށް ދިން އެވޯޑާމެދު ކައުންސިލުގެ ދެވަނަ ވިސްނުމަކަށް

"ސްކީލާން" ޑޮކިއުމެންޓްރީއަށް ދިން އެވޯޑާމެދު ކައުންސިލުގެ ދެވަނަ ވިސްނުމަކަށް
ލިޔުން:
މިދިޔަ ބުދަ ދުވަހުގެ ރޭ މޯލްޑިވްސް މީޑިއާ ކައުންސިލުންދިން 11 ވަނަ ނޫސްވެރިކަމުގެ އެވޯޑްގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން އޯޑިއޯ, ވީޑިއޯ ކެޓަގަރީއިން "ޖީ ސްކީލާން" އަށް ދިން އެވޯޑާމެދު މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ގޮތެއް ނިންމަން ފާސްކޮށްފި އެވެ.
"ޖީ ސްކީލާން" ޑޮކިއުމަންޓްރީއަކީރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލާއާ ގުޅޭ ގޮތުން މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި އަދަދު ނޫހުން ތައްޔާރުކުރި ޑޮކިއުމަންޓްރީއެކެވެ.
އެމްއެމްސީއިން އިއްޔެ ކުއްލި ބައްދަލުވުމެއް ބާއްވާފައިވާއިރު އެ ބައްދަލުވުމުގައި ނޫސްވެރިކަމުގެ އިނާމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން މައުލޫމާތު ހޯދާ, އެކަމާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކާއި މައްސަލަތަކާ ގުޅޭ ރިޕޯޓެއް ނެރެން ފާސްކޮށްފައިވެ އެވެ.
ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައިވަނިކޮށް އެ އެވޯޑުދިނުމުގައި އިންސާފުކޮށްދެއްވި 6 ފަނޑިޔާރުންގެ ޕެނަލްއިންވެސް ބަޔާނެއް ނެރެފައިވެ އެވެ. އެ ބަޔާނުގައި ބުނެފައިވަނީ އެ ކެޓަގަރީއަށް އެވޯޑު ދިނީ އުސޫލާއި މަގްސަދުތަކާ ހިލާފަށް ކަމަށެވެ.
އެ އުފެއްދުން ބަލައިގަނެ, ނޮމިނޭޓްކޮށް, ފަނޑިޔާރުންގެ މޭޒަށް ހުށަހަޅާފައިވަނީ މީޑިއާ ކައުންސިލުން ބަލަންވާ ވަރަށް ނުބަލާކަން ފާހަގަކޮށް ފަނޑިޔާރުން ބުނީ އެ އުފެއްދުން ކައުންސިލުން ބަލައިގަތް ނިޔަތާމެދު ސުވާލު އުފެދޭ ކަމަށެވެ.
އެ ބަޔާނުގައި ބުނީ އެކަމާ ގުޅިގެން އުފެއްދި ސުވާލުތަކަށް ކައުންސިލުން ޒިންމާދާރު ކަމާއެކު ޖަވާބުދާރީވެފައި ނުވާ ކަމަށެވެ. އަދި އެ ކެޓަގަރީން އިންސާފުކުރަން ދީފައިވާ 'ރުބްރިކް' ގައި ތަހުގީގީ ނޫސްވެރިކަމުގެ ނަޒަރިއްޔާތަކުން މާކްސްދެވޭނެ އެއްވެސް ގޮތެއް ނެތްކަން ފަނޑިޔާރުން ފާހަގަކުރި އެވެ.
ފަނޑިޔާރުން އިތުރަށް ބުނީ މީގެ ކުރިން ފަނޑިޔާރުންގެ ނިންމުންތައް ހަވާލުކުރަނީ ސިޓީ އުރައެއްގައި ބަންދުކޮށް, ސީލްކޮށް އެކަމަށް ކަނޑައަޅާފައިވާ އޮޑިޓް ފާމަށް ނަމަވެސް މި ފަހަރު އެކަން އެގޮތަށް ކޮށްފައިނުވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
