
ފަހު ކުއާޓާގެ ދިރާގުގެ އާމްދަނީ 691 މިލިއަނަށް
ފަހު ކުއާޓާގެ ދިރާގުގެ އާމްދަނީ 691 މިލިއަނަށް
ލިޔުން:
މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި 691.1 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.
މިއީ މި އަހަރުގެ ދެވަނަ ކުއާޓަރުގައި ދިރާގަށް ލިބުނު އާމްދަނީއަށްވުރެ އިތުރުވުމެކެވެ. ދެވަނަ ކުއާޓަރުގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބުނީ 687.2 މިލިއަން ރުފިޔާ އެވެ.
އެންމެ ބޮޑު އާމްދަނީއެއް ދިރާގަށް މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނީ މޯބައިލް ހިދުމަތްތަކުންނެވެ.
އެގޮތުން، މޯބައިލް ހިދުމަތްތަކުން 363.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނުއިރު ފިކްސްޑް، ބްރޯޑްބޭންޑް އަދި އެންޓަޕްރައިސް ހިދުމަތްތަކުން 306.7 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެ އެވެ.
މީގެ އިތުރުން، އެހެނިހެން ހިދުމަތްތަކުން މި އަހަރުގެ ތިންވަނަ ކުއާޓަރުގައި 21 މިލިއަން ރުފިޔާގެ އާމްދަނީއަށް ވަނީ ލިބިފަ އެވެ.
އަދި ޓެކުހަށް ކެނޑުމުގެ ކުރިން މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ފައިދާއަކީ 282 މިލިއަން ރުފިޔާ އެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މި އަހަރުގެ ތިންވަނަ ކުއާޓަރުގައި ދިރާގަށް ފައިދާގެ ގޮތުގައި 241.2 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
