
ދުނިޔޭގެ އެއްމެ ބާރުގަދަ ދުރުރާސްތާ ސްޓްރެޓެޖިކް މިސައިލް ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފި ކަމަށް އުތުރުކޮރެއާއިން ބުނެފި
ދުނިޔޭގެ އެއްމެ ބާރުގަދަ ދުރުރާސްތާ ސްޓްރެޓެޖިކް މިސައިލް ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފި ކަމަށް އުތުރުކޮރެއާއިން ބުނެފި
ލިޔުން:
ދުނިޔޭގެ އެއްމެ ބާރުގަދަ ދުރުރާސްތާ ސްޓްރެޓެޖިކް މިސައިލް ކާމިޔާބުކަމާއެކު ޓެސްޓް ކޮށްފި ކަމަށް އުތުރުކޮރެއާއިން ބުނެފިއެވެ،
އުތުރު ކޮރެއާއިން ބުރާސްފަތި ދުވަހު (އޮކްޓޯބަރު 31) އާ ބެލިސްޓިކް މިސައިލެއް ޓެސްޓްކޮށް، އެ ގައުމުގެ އަސްކަރީ މަސްގަނޑު ފްލެކްސްކޮށްފި އެވެ.
އުތުރު ކޮރެއާގެ ދައުލަތުގެ ޓީވީން ވަނީ ހުވާސޮންގް-19 ގެ ނަމުން ނަން ދީފައިވާ އާ ސޮލިޑް ފިއުލް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލެއް ޓެސްޓް ކުރި މަންޒަރު ފެންނަ ވީޑިއޯ އެއް ގެނެސްދީފަ އެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން އުން އާއި އޭނާގެ ދަރިކަނބަލުން މިސައިލް ލޯންޗް ކުރާ މަންޒަރު ބައްލަވަމުން ގެންދެވި އެވެ.
ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ވަނީ އެއީ ދުނިޔޭގެ އެންމެ ވަރުގަދަ ސްޓްރެޓެޖިކް މިސައިލް ކަމަށް ބުނެ ފައެވެ.
އުތުރުކޮރެއާއިން ބުނެފައިވަނީ އޮކްޓޯބަރ 31 ވަނަ ދުވަހު ޓެސްޓް ކުރި މިސައިލް ޖަޕާނާއި ރަޝިއާއާ ދެމެދު ކަނޑުގެ ސަރަހައްދަށް ވެއްޓުމުގެ ކުރިން ދެކުނު ކޮރެއާ އާއި ޖަޕާނުގެ އަސްކަރިއްޔާތަކުން ވެސް އެ މިސައިލް ޖައްވަށް ދަތުރުކުރި ގޮތް ބެލި ކަމަށް އުތުރު ކޮރެއާއިން ވަނީ ބުނެއެވެ. އަދި އުތުރު ކޮރެއާގެ ފަހުގެ އައިސީބީއެމްތަކެކޭ އެއްފަދައިން ހުވާސޮންގް-19 މިސައިލް އަކީވެސް އެމެރިކާގެ ގާތްގަނޑަކަށް ކޮންމެ ތަނަކަށް ވެސް ހަމަލާ ދެވޭނެ ރޭންޖް ގެ މިސައިލެއްކަން ވާނީ ސާބިތުކޮށްދީފައިކަމަށް ބުނެފައެވެ.
އުތުރު ކޮރެއާގެ ލީޑަރ ކިމް ސިފަކުރައްވާ ގޮތުގައި އެ މިސައިލަކީ އެގައުމުގެ ވާދަވެރިންނަށް މެސެޖެއް ދިނުމަށް އެޅި އެކަށީގެންވާ އަސްކަރީ ފިޔަވަޅެއް ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
