
ޝަހީބާ ނިޔާވުމުން ރައީސްގެ ތައުޒިއާ
ޝަހީބާ ނިޔާވުމުން ރައީސްގެ ތައުޒިއާ
ލިޔުން:
ދިވެހި ދައުލަތަށް 44 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައި، ޤައުމީ އިނާމު ޙާޞިލްކުރައްވާފައިވާ ޝަހީބާ މުޙައްމަދު ނިޔާވުމުގެ ހިތާމައިގައި، މަރުޙޫމުގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސޫލްޖުމްހޫރިއްޔާ ވަނީ، މަރުޙޫމާއަށް މާތްﷲގެ ރުއްސެވުމާއި ފުއްސެވުން އަދި ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރައްވާފައެވެ.
ޝަހީބާ މުޙައްމަދު، ގ.ގްރޭވިއު/ކ.މާލެ، ނިޔާވިއިރު އުމުރުފުޅަކީ 77 އަހަރެވެ.
ޝަހީބާ މުޙައްމަދު، ދައުލަތުގެ ޚިދުމަތް ފެށްޓެވީ، 17 ޖޫން 1962 ގައި ޕޯސްޓް އޮފީހުގެ ވަގުތީ ކާތިބާއެއްގެ ވަޒީފާއިންނެވެ. 44 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވުމަށްފަހު، ދައުލަތުގެ ޚިދުމަތުން ވަކިވެވަޑައިގަތީ، 27 ޑިސެންބަރު 2009 ގައެވެ.
ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ދައުލަތުގެ ތަފާތު ދާއިރާތަކުގައި ޝަހީބާ މުޙައްމަދު ވަނީ ޚިދުމަތް ކުރައްވައިފައެވެ. އެގޮތުން އެންމެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވީ ސައިންސް އެޑިޔުކޭޝަން ސެންޓަރުގައެވެ. އެ ސެންޓަރުގެ އިދާރީ މަޤާމުތަކުގައި 20 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޝަހީބާ މުޙައްމަދު މަސައްކަތްކުރެއްވިއެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ސީނިއާ ސެކްރެޓަރީ ކަމުގެ މަޤާމާއި، އިދާރީ އެކި މަޤާމުތަކުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވިއެވެ.
ޝަހީބާ މުޙައްމަދުއަށް ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ލިބިވަޑައިގެންނެވީ މިއަހަރުގެ މިނިވަން ދުވަހުގެ ޖަލްސާގައެވެ.
ޝަހީބާ މުޙައްމަދުގެ ކަށުކަމާ ކެމީގެ ކަންކަން އޮންނާނީ ހުކުރުދުވަހުއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
