އިންޑިއާގައި "ފިޔާ ބޮން" ގޯންޏެއް ގޮވައި 3 މީހުން މަރުވެ 11 މީހުން ޒަހަމްވެއްޖެ.

އިންޑިއާގައި "ފިޔާ ބޮން" ގޯންޏެއް ގޮވައި 3 މީހުން މަރުވެ 11 މީހުން ޒަހަމްވެއްޖެ.
ލިޔުން:
އިންޑިއާގެ އަންދްރަ ޕްރެދޭޝްގައި ދިވާލީ ފާހަގަކުރުމުގެ ބޭނުމަށް މޮޓޯ ސައިކަލެއްހގައި އުފުލި "ފިޔާ ބޮން" ގޯންޏެއް ގޮވައި 3 މީހުން މަރުވެ 11 މީހުން ޒަހަމްވެއްޖެއެވެ.
ފިޔާ ބޮމަކީ ފިޔާގެ ބައްޓަމަށް ހަދާފައިވާ ފަޓާސް ނުވަތަ ފަޔަރ ކްރެކަރ އެވެ. އެއީ އިންޑިއާގައި ދިވާލީ ފާހަގަކުރުމުގެ ގޮތުން ގޮއްވުމަށް އެ ގައުމުގައި އާންމު ގޮތެއްގައި ބޭނުންކޮށް އުޅޭ އެއްޗެކެވެ.
އެ ހާދިސާ އާއި ގުޅިގެން އިންޑިއާ ސިފައިން ބުނެފައިވާ ގޮތުގައި "ފިޔާ ބޮން" ގޯނި ގޮވާފައިވަނީ އެ ގޯނި ހިފައިގެންދިިޔަ މޮޓޯ ސައިކަލް ވަޅުގަނޑަށް ޖެހި ހިނގި ހާދިސާއެއްގައެވެ.
ރިޕޯޓުތައް ބުނެފައިވާ ގޮތުން އެ ފިޔާ ބޮން ޝިޕްމެންޓުގައި އައި.އީ.ޑީ ގެ ބާރު ހުރިކަމަށާއި ، އެ ގޮވުމުގެ ސަބަބުން އެ އުފުލި މީހާގެ ހަށިގަނޑު ވަނީ ކުދިކުދި ވެފައެވެ.
މި ހާދިސާ ހިނގާފައިވަނީ އިންޑިއާގައި ވައި ނުސާފުވުމާއި އަދި އެކަމާއި ފަޓާސް އެންދުމާ ގުޅިފައިވާކަން ފާހަގަކޮށް ފަޓާސް ނޭންދުމަށް އިންޑިއާ ސަރުކާރުން އިލްތިމާސްކޮށްފައިވަނިކޮށެވެ.
މި ހަފްތާގެ އަންގާރަ ދުވަހުވެސް އިންޑިއާގެ ގޯދާވަރީ ޑިސްޓްރިކްޓްގައި ހުންނަ ފަޓާސް "ފިޔާ ބޮން" އުފައްދާ ތަނެއްއްގައި ފަޓާސް ތަކެއް ގޮވައި ހިނގި ހާދިސާއެއްގައި 2 އަންހެނަކު މަރުވެ، އެތައް ބަޔަކުވަނީ ވަރަށް ބޮޑަށް ޒަހަމްވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
