
ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުމާ ގުޅިގެން ޝަކުވާ ހުށަހަޅުމުގެ ފުރުސަތު
ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުމާ ގުޅިގެން ޝަކުވާ ހުށަހަޅުމުގެ ފުރުސަތު
ލިޔުން:
ބިންވެރިޔާ ސްކީމްގެ ދަށުން ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުމާ ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ އެކަން ހުށަހަޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ސަރުކާރު ގެޒެޓުގައި ހައުސިން މިނިސްޓްރީން ޝާއިއުކުރި އިއުލާނެއްގައި ބުނީ ގޯތި ލިބުނު ފަރާތްތަކުގެ ފޯމު ނަންބަރާއި، ލޮޓް ނަންބަރު އަދި އެ ގޯތިތަކުގެ ބޮޑުމިނުގެ ތަފްސީލް ހިމެނޭ ލިސްޓު އިއުލާނާ އެކުގައި އާންމުކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން ގޯތި ލިބިފައިވާ ފަރާތްތަކުން އެއްވެސް ޝަކުވާއެއް އޮތް ނަމަ https://hiyaavehi.housing.gov.mv ޕޯޓަލް މެދުވެރިކޮށް މި އަންނަ މަހުގެ 7 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅުމަށް އެ އިއުލާނުގައިވެ އެވެ.
ގުޅީފަޅުން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގުރުއަތު ނެގުން އޮތީ މިިދިޔަ އަންގާރަ ދުވަހު ދަރުބާރުގެ ރަންނަބަނޑޭރި މާލަމުގަ އެވެ.
އެއީ މިދިޔަ ސަރުކާރުގައި ގިރާވަރުފަޅުން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރި މީހުންނާއި ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އޮތް ގުރުއަތުލުމެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި އެ ބަދަލަކީ "ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން"ގެ ދަށުން އައިސްފައިވާ ބަދަލެއް ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އެ ގުރުއަތުލުމަކީ މިދިޔަ ސަރުކާރުގައި ގިރާވަރުފަޅުން ދޫކުރި ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ގޯތި ބަދަލުކުރި މީހުންނާއި ގުޅީފަޅުން ގޯތި ލިބުނު މީހުންނަށް އޮތް ގުރުއަތުލުމެއް ކަމަށްވެސް މިނިސްޓްރީން ބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
