
ސިވިލްސާވިސް އާއި ޖުޑިޝަރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
ސިވިލްސާވިސް އާއި ޖުޑިޝަރީ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިފި
ލިޔުން:
މުސާރަތައް އެއްހަމަ ކުރަން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނާއި، ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިފި އެވެ.
ރައްޔިތުންގެ މަޖިލިސް އަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ހުށަހަޅާއިދެއްވަމުން ވިދާޅުވީ މުސާރަތައް އެއްހަމަ ކުރަން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ސިވިލް ސާވިސް މުވައްޒަފުންނާއި، ޖުޑިޝަރީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށްޓަކއި 500 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި، އަދި އެހެން ދާއިރާތަކުގެ މުސާރަތައް 2026 ވަނަ އަހަރު ބޮޑުކުރުމަށް ވާނީ ނިންމާފައި ކަމަށެވެ.
ސަރުކާރުން ފަށާފައިވާ ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން މީގެ ކުރިން ވަނީ މިނިވަން މުވައްސަސާތަކާއި ރައްޔިތުންގެ މަޖިލީހާއި ހެލްތު ދާއިރާގެ އިތުރުން ތައުލީމީ ދާއިރާގެ މުސާރަތައް ވަނީ ބޮޑުކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
