
ޝާހްރުކް ޚާން ގެ 59 ވަނަ އުފަންދުވަހަށް މަންނަތު ޒީނަތްތެރިކޮށްފި
ޝާހްރުކް ޚާން ގެ 59 ވަނަ އުފަންދުވަހަށް މަންނަތު ޒީނަތްތެރިކޮށްފި
ލިޔުން:
އަންނަ ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ޝާހްރުކް ޚާނަށް 59 އަހަރު ފުރޭއިރު އޭނާގެ އާއިލާއިން އަންނަނީ އެ ދުވަސް ވަރަށް ކުލަގަދަކޮށް ފާހަގަކުރުމަށް މަސައްކަތް ކުރަމުންނެވެ. ކޮންމެ އަހަރަކު ވެސް ޝާހްރުކް ޚާން މުމްބާއީގައި ދިރިއުޅޭ ގެ މަންނަތުގެ ކައިރިއަށް އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން އުފަންދުވަހުގެ ތަހުނިޔާ ކިޔުމަށްޓަކއި އެއްވެއެވެ. ރިޕޯޓްތައް ބުނާ ގޮތުން މި އަހަރު ޝާހްރުކް ޚާން ގެ އާއިލާއިން އަންނަނީ އެކަމަށްޓަކއި ބޮޑު ހަފްލާއެއް ބާއްވަން ތައްޔާރުވަމުންނެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުފަން ދުވަހުގެ ރޭ ޝާހްރުކް ޚާން އޭނާގެ އަންހެނުންނާއި ދަރިންނާއި މައިދާތަ އާއެކު ހާއްސަ ރޭގަނޑުގެ ކެއުމެއްވެސް ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ އާއިލާއިން އިންތިޒާމު ކުރާ އުފަންދުވަހުގެ ރައްމިއްޔާތައް ޝާހްރުކް ޚާން އާއި އަންހެނުން ގޯރީ ޚާން ވަނީ 250 އަށްވުރެ ގިނަ މީހުންނަށް ދައުވަތު ދީފައެވެ. އިންޑިއާ ޓުޑޭ އަށް މައުލޫމާތު ދިން މީހަކު ބުނެފައިވަނީ އެ ހަފްލާއަށް ދައުވަތު އެރުވި މީހުންގެ ތެރޭގައި ބޮލީވުޑްގެ ތަރިން ކަމަށްވާ ރަންވީރު ސިންގް، ސައިފް އަލީ ޚާން އަދި ކަރީނާ ކަޕޫރު ޚާން، ކަރިޝްމާ ކަޕޫރު، އެޓްލީ، ޒޯޔާ އަޚްތަރު، ފަރާ ހާން، ޝަނާޔާ ކަޕޫރު، މަހީޕް ކަޕޫރު، ޝާލިނީ ޕާސީ، ނީލަމް ކޮތާރީ، ކަރަން ޖޯހަރު، އަނަންޔާ ޕާންޑޭ، އާލިއާ އަދި ޝާހީން ބަޓް ހިމެނެ އެވެ.
އިންޑިއާ ގައި ފާހަގަކުރާ ދިވާލީ އާއި ޝާހްރުކް ޚާންގެ އުފަންދުވަހަށް މަންނަތު މިހާރުވަނީ ކުލަބޮކިތަކުން ޒީނަތްތެރިކޮށްފައެވެ. ޝާހްރުކް ދެން އެންމެ އަވަހަށް ފެނިގެންދާނީ ކިންގް އިންނެވެ. ސުޖޯއި ގޯޝް ޑައިރެކްޓްކުރާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ސުހާނާ ޚާނާއި އަބީޝެކް ބައްޗަން ވެސް ހިމެނޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މިރޭ ބާއްވާ އެއްވުމުގެ މައުލޫމާތު ކުރިން ހިއްސާއެއްނުކުރޭ، ގާނޫނާ ހިލާފު އެއްވެސް އަމަލެއް ހިންގާނަމަ ވަގުތުން ފިޔަވަޅު އަޅާނަން: ފުލުހުން

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
