މާލެ: 31°C

ހަށިގަނޑު ހާމަކޮށްގެން ކުރާކަމަކުން ލިބޭނެ އުފަލެއް، ކާމިޔާބެއް ނެތް: ރައީސް ޑރ.މުއިއްޒު

ހަށިގަނޑު ހާމަކޮށްގެން ކުރާކަމަކުން ލިބޭނެ އުފަލެއް، ކާމިޔާބެއް ނެތް: ރައީސް ޑރ.މުއިއްޒު
October 31, 2024
2 ފަހަރު ބަލާފައި
ހަށިގަނޑު ހާމަކޮށްގެން ކުރާކަމަކުން ލިބޭނެ އުފަލެއް، ކާމިޔާބެއް ނެތް: ރައީސް ޑރ.މުއިއްޒު
ހަށިގަނޑު ހާމަކޮށްގެން ކުރާކަމަކުން ލިބޭނެ އުފަލެއް، ކާމިޔާބެއް ނެތްކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރާއްޖޭގެ ޒުވާން އަންހެންކުއްޖަކު 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި ޜާއްޖެ ތަމްސީލުކުރުމާ ގުޅޭގޮތުން ޙިޔާލުތަފާތުވުން އުފެދިފައިވާ ދަނޑިވަޅެއްގައި ރައީސް ޑރ.މުހައްމަދު އެކްސް ގައި ރޭ ކުރައްވާފައިވާ ޕޯސްޓެއްގައިވަނީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް ކަމަށެވެ.
ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތް! وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."
އަންނަ ނޮވެމްބަރ މަހު މެކްސިކޯގައި ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ ނަމުގައި ބައިވެރިވެފައިވަނީ 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. އެކަމާ ގުޅިގެން ދީނީ އެކި ފަރާތްތަކުން ވެސް އެކަން ހުއްޓުވައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ