
ވާނުވާ ބަންދަށް ގާނޫނީ ހައްލެއް ގެންނަނީ
ވާނުވާ ބަންދަށް ގާނޫނީ ހައްލެއް ގެންނަނީ
ލިޔުން:
އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި ތިބޭ މީހުންގެ މައްސަލަ ހައްލުކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައިވާ ކަމަށް ބަންޑާރަ ނައިބު (އޭޖީ) އަހުމަދު އުޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ އުޝާމް ވިދާޅުވީ ވާނުވާ ބަންދުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި 'ބެއިލް'ގެ ނިޒާމް މިހާރަށްވުރެ ފުރިހަމަކުރުމަށް ގާނޫނަށް އިސްލާހުތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ. އަދި އެ އިސްލާހުތައް ފާސްކުރުމުން އެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް އުޝާމް ވިދާޅުވި އެވެ.
އޭޖީ ވިދާޅުވީ ވާނުވާ ޖަހާފައި ތިބި ގިނަ މީހުންނަކީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމާއި، ޓެރަރިޒަމް އާއި ބޮޑެތި މާރާމާރީގެ އަދި މީހުން މެރުމުގެ އިތުރުން މަސްތުވާތަކެތި އެތެރެކުރުމުގެ ކުށުގެ ތުހުމަތު ކުރެވޭ މީހުން ކަމަށެވެ. ފުލުހުންނާއި ޕީޖީއާއެކު ކުރެވުނު މަސައްކަތުން އެކަންކަން ފާހަގަވެފައިވާ ކަމަށް ވިދާޅުވި އެވެ.
އެ ޕްރެސްގައި ކޯޓުގެ ޖާގައާއި ހެދި ޝަރީއަތްތައް ލަސްވާ މައްސަލަ އަށް އިޝާރާތް ކުރައްވާ އުޝާމް ވިދާޅުވީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކްރިމިނަލް ކޯޓުގެ އިމާރާތް އަންނަ އަހަރުގެ ކުރީކޮޅު ނިމޭނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެ އިމާރާތް ނިމުމުން ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ހައްލެއް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ގާނޫނަށް ގާތްގަނޑަކަށް 40 އިސްލާހު މަޖިލީހަށް މިހާރު ހުށަހަޅާފައިވާކަން ފާހަގަކުރައްވަމުން އުޝާމް ވިދާޅުވީ 3 ފޭސް އަކަށް ބަހާލައިގެން އިސްލާހުތައް ހުށަހަޅަން ނިންމާފައިވާ ކަމަށެވެ. އަދި އެންމެ ފުރަތަމަ ގެންނަން ބޭނުންވާ އިސްލާހުތައް މި ދައުރުގައި ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އުޝާމް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
