ޓެކްސީ ޚިދުމަތްދޭ މީހުންގެ ކަންބޮޑުވުން އިގްތިސޯދީ ކޮމިޓީއަށް

ޓެކްސީ ޚިދުމަތްދޭ މީހުންގެ ކަންބޮޑުވުން އިގްތިސޯދީ ކޮމިޓީއަށް
ލިޔުން:
ސަރުކާރުން ޓެކްސީ ހިދުމަތަށް ވަނުން މުޅިން ދެކޮޅުކަން ޑްރައިވަރުން ހާމަކޮށްފި އެވެ.
މާލެއާއި ހުޅުމާލެއާއި ދެމެދު ޓެކްސީގެ ހިދުމަތް ރަނގަޅަށް ނުދެވޭ ކަމުގެ ޝަކުވާ ބޮޑެވެ. އަދި ހާއްސަކޮށް ބައެއް ފަހަރު އެއް ގޮތަކަށް ވެސް ޓެކްސީ ނުލިބޭ ކަމުގެ ޝަކުވާވެސް ބޮޑެވެ.
އާންމުންގެ އެ ކަންބޮޑުވުންތައް އޮއްވައި ސަރުކާރުގެ ކުންފުންޏަކަށް ޓެކްސީ ކުރުމުގެ ހުއްދަ ދޭން ނިންމިކަން އިއްޔެ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އިއްޔެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި އޮތީ ހާމަކުރައްވައިފަ އެވެ.
އަދި އޭގެ ފަހުން ޓެކްސީ ޑްރައިވަރުން ތަމްސީލުކުރާ ޑްރައިވާސް އެސސޯސިއޭޝަންގެ ފަރާތްތަކުން ވަނީ މަޖިލީހުގެ އިގުތިސާދީ ކޮމިޓީއަށް ވެސް ހާޒިރުކޮށްފަ އެވެ.
އެ ކޮމިޓީގައި ޑްރައިވާސް އެސޯސިއޭޝަންގެ މުވައްސިސް ހަސަން ރަމީޒް ވިދާޅުވީ ސަރުކާރުގެ ނިންމުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް އޮތް ކަމެއް ކަމަށެވެ.
އަދި އެއީ ޑްރިއިވަރުންނާއި ސެެންޓަރުތަކާއި ކާރުތަކުގެ ވެރިންގެ ދިރިއުޅުމާ ވަރަށް ބޮޑަށް ގުޅިފައި އޮތް ކަމަަކަށްވާ އިރު ކޮންމެ ދުވަހަކު އެ ފަރާތްތަކަށް ލިބޭ އާމްދަނީއަށް އަސަރުކުރާނެ ކަމަށް ރަމީޒް ވިދާޅުވި އެވެ.
އެގޮތުން ޓެކްސީ ކުންފުނިތަކުން އެ ދާއިރާއަށް ކޮށްފައިވާ އިންވެސްޓްމަންޓްތަކަށް ހުރަސް އެޅި ދެމެެހެއްޓެނިވި ގޮތަށް ވިޔަފާރި ކުރިއަށް ނުގެންދެވިދާނެކަން ރަމީޒް ފާހަގަކުރި އެވެ.
ހަމައެހެންމެ ވާދަވެރިކަން ވެސް ކުޑަވާނެ ކަމަށާއި ނަމަވެސް ވާދަވެރިކަމަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދީ ކޮލިޓީ ރަނގަޅުކުރުމަށް މުހިންމުކަމެއްކަން ރަމީޒް ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
