ރިޔާސީ ދައުރު ފަށާ ދުވަހަކީ ނޮވެމްބަރ 11 ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅަނީ

ރިޔާސީ ދައުރު ފަށާ ދުވަހަކީ ނޮވެމްބަރ 11 ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅަނީ
ލިޔުން:
ރިޔާސީ ދައުރު ފަށާ ދުވަހަކީ ނޮވެމްބަރ 11 ކަމަށް ކަނޑައަޅުއްވާނެކަމަށް ބަންޑާރަ ނައިބް ވިދާޅުވެއްޖެ
ރިޔާސީ އައު ދައުރު ފަށާ ދުވަސް ކުރިން ވެސް އޮތް ގޮތަށް ނޮވެމްބަރު މަހުގެ 11 ވަނަ ދުހަށް (ޖުމްހޫރީ ދުވަހަށް) ބަދަލުކުރުމަށްޓަކައި ގާނޫނުއަސާސީއަށް އިސްލާހެއް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ބަންޑާރަނައިބް އުޝާމް ވިދާޅުވީ ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް ބައެއް އިސްލާހުތައް ހުށަހަޅަން ގަސްތުކުރާ ކަމަށާއި، އޭގެ ތެރޭގައި ރިޔާސީ ދައުރު ފަށާ ދުވަސް ނޮވެމްބަރު 11 އަށް އަލުން ބަދަލު ކުރުންވެސް ހިމެނޭ ކަމަށެވެ.
ގާނޫނު އަސާސީއަށް ގެންނަ އިސްލާހު ތަކުގެ ތެރޭގައި ދެން ހިމެނެނީ ދިވެހިރާއްޖޭގެ ސަރަހައްދު ގާނޫނު އަސާސީގައި ލިޔުމާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަދަދު ކަނޑައެޅުމާއި މެންބަރުން ވަކިކުރެވޭނެ ހަމަތައް ގާނޫނު އަސާސީގައި ބަޔާންކުރުމެވެ.
އެބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބަންޑާރަނައިބް އިޝާމް ވިދާޅުވީ ރާއްޖޭގެ ސަރަހައްދު މިހާރު ލިޔެފައި އޮންނަނީ ގާނޫނެއްގައި ކަމަށެވެ. އަދި މަޖިލީސް މެންބަރުންގެ ރިކޯލް ވޯޓު ނަގަންޖެހޭ ހާލަތެއްގައި އަމަލުކުރާނެ ގޮތެއް ވެސް ގާނޫނުއަސާސީގައި ލިޔުމާ މެދު ދިރާސާ ކުރަމުންދާކަމަށްވެސް ބަންޑާރަނައިބު އުޝާމް ވިދާޅުވިއެވެ.
ރާއަޖޭގައި މިހާރު މި ހިނގަމުންދާ ދިވެހި ރާއްޖޭގެ 2 ވަނަ ޖުމްހޫރިއްޔާ ގާއިމް ފުރަތަމަ ދައުރު ފަށާފައިވަނީ 11 ނޮވެމްބަރު 1968 ގައެވެ. އެއާއެކު އެ ދުވަހަކީ ދިވެހި ރާއްޖޭގެ ޖުމްހޫރީ ދުވަހުގެ ގޮތުގައިވެސް ވަނީ ކަނޑައަޅާފައެވެ. އަދި އެދުވަހުގެ ފަހުން ކޮންމެ 5 އަހަރަކުން ނޮވެންބަރު އައު ރިޔާސީ ދައުރު ފަށާފައިވަނީވެސް ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހު އެވެ.
ނަމަވެސް 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމާއިގުޅިގެން އެ އަހަރުގެ ނޮވެމްބަރު 11 ވަނަ ދުވަހާ ހަމައަށް އައު ރައީސަކު އިންތިޚާބު ނުކުރެވުމާއި ގުޅިގެން އޭރު އޮތް ރިޔާސީ ދައުރު ވަނީ ނޮވެންބަރު މަހުގެ 17 ވަނަ ދުވަހަށް ސްޕްރީމް ކޯޓުގެ ލަފައާއެކު އިތުރުކޮށްފައެވެ. އެއަށްފަހު ވެރިކަމުގެ ދައުރު ފައްޓަމުން އައިސްފައިވަނީ ނޮވެމްބަރު މަހުގެ 17 އިން ފެށިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
