އަންނަ އަހަރަށް 64 ބިލިއަންގެ ބަޖެޓެއް

އަންނަ އަހަރަށް 64 ބިލިއަންގެ ބަޖެޓެއް
ލިޔުން:
އަންނަ އަހަރަށް 64 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ސަރުކާރުން ނިންމައިފި އެވެ. މި ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ވަނީ މާދަމާ ހަމަޖެހިފައެވެ.
ފިނޭންސް މިނިސްޓްރީގެ އަންދާޒާތަކަށް ބަލާއިރު، އަންނަ އަހަރުގެ ބަޖެޓް 63.9 ބިލިއަން ރުފިޔާގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވެ އެވެ. އަދި ޚަރަދުތައް 57 ބިލިއަން ރުފިޔާގައި ހުންނާނެ ކަމަށް ބެލެވެ އެވެ. މެދުރާސްތާގައި ޚަރަދު އިތުރުވާނެ ކަމަށް ލަފާކުރެވެނީ 1.8 އިންސައްތައިގެ މިންވަރަކަށެވެ.
އާމްދަނީއާ ގުޅޭގޮތުން ބަލާއިރު، އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެވެނީ ޖުމްލަ 41 ބިލިއަން ރުފިޔާ އެވެ. މީގެ ތެރެއިން ބޭސްލައިން އާމްދަނީގެ ގޮތުގައި 35 ބިލިއަން ރުފިޔާ ހިމެނެ އެވެ. އަދި ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބޭނެ ކަމަށް އަންދާޒާކުރެވެނީ 7.8 ބިލިއަން ރުފިޔާ އެވެ.
ޚަރަދުތައް ކުޑަކުރުމަށްޓަކައި، ސަރުކާރުން އިސްކަންދޭނެ ކަންތައްތަކުގެ ތެރޭގައި ސަރުކާރުގެ ކުންފުނިތައް އިޞްލާޙުކުރުމާއި، ސީދާ ސަބްސިޑީ ދިނުމާއި، އަދި ސަރުކާރު އޮފީސްތަކުގެ ހިންގުމުގެ ޚަރަދުތައް ކުޑަކުރުން ހިމެނެ އެވެ. ނަމަވެސް، މި ފިޔަވަޅުތައް އެކަށީގެންވާ ގޮތެއްގައި ތަންފީޒު ނުކުރެވިއްޖެނަމަ، އަންނަ އަހަރުގެ ޖުމްލަ ޚަރަދު 57 ބިލިއަން ރުފިޔާއަށް އަރާފާނެ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
މިއަހަރަށް ފާސްކޮށްފައިވަނީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް މިދިޔަ ބުރާސްފަތި ދުވަހު ފިނޭންސް މިނިސްޓްރީން ވަނީ 5.1 ބިލިއަން ރުފިޔާގެ އިތުރު ބަޖެޓެއް (ސަޕްލިމެންޓްރީ ބަޖެޓް) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފާސްކޮށްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
