
މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރުން ކުރާ ކަމެއްނޫން: ޔޫތު މިނިސްޓްރީ
މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިވުމަކީ ސަރުކާރުން ކުރާ ކަމެއްނޫން: ޔޫތު މިނިސްޓްރީ
ލިޔުން:
މިސް ޔުނިވާސް މުބާރާތުގައި ދިވެއްސަކު ބައިވެރިކުރުވުމަކީ ސަރުކާރުން ކުރާ ކަމެއްނޫންކަމަށް މިނިސްޓްރީ އޮފް ޔޫތް އެމްޕަވަރމަންޓް، އިންފޮރމޭޝަން އެންޑް އާޓްސް އިން ބުނެފިއެވެ.
އެ މިނިސްޓަރީން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ދިވެހިންގެ ދީނާއި އަގީދާއާއި ސަގާފަތާ ނުގުޅޭ ޚަރަކާތްތަކާ މުބާރާތްތައް ބޭއްވުމާއި އަދި އެކިއެކި ފަރާތްތަކުން ބާއްވަމުން އަންނަ އެފަދަ މުބާރާތްތަކާއި ޚަރަކާތްތަކުގައި ދިވެހިން ދިވެހިން ބައިވެރިވުމަކީ، ދިވެހި ސަރުކާރުން ބަލައިގަންނާނެ ކަމެއް ނޫންކަމަށާއި، ރާއްޖެ ތަމްސީލު ކުރުމުގެ ނަމުގައި ދިވެއްސަކު އެފަދަ މުބާރާތެއްގައިު ބައިވެރިވުން ދިވެހި ސަރުކާރުން ކުއްވެރިކުރާ ކަމަށެވެ.
އަދި އެ މުބާރާތުގައި ބައިވެރިވުމަށް މަސައްކަތްކުރާ ފަރާތުން އެކަން ހުއްޓާލުމަށްވެސް އެބަޔާނުގައި ސަރުކާރުން ގޮވާލާފައިވެއެވެ. އިތުރަށް އެ ބަޔާނުގައި ބުނެފައިވަނީ އެ މުބާރާތުގައި ދިވެއްސަކު ބައިވެރިކުރުމަކީ ސަރުކާރުން ކުރުވާ ކަމެއްކަމަށް ދޭހަވާ ގޮތަށް މައުލޫމާތު ނުފެތުރުމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ.
އަންނަ ނޮވެމްބަރ މަހު މެކްސިކޯގައި ބާއްވާ 73 ވަނަ މިސް ޔުނިވާސް މުބާރާތުގައި ރާއްޖޭގެ ނަމުގައި ބައިވެރިވެފައިވަނީ 21 އަހަރުގެ މަރިޔަމް ޝައިނާ ނަސީމެވެ. އެކަމާ ގުޅިގެން ދީނީ އެކި ފަރާތްތަކުން ވެސް އެކަން ހުއްޓުވައިދިނުމަށް ސަރުކާރަށް ވަނީ ގޮވާލާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
